
ފީފާ ވޯލްޑް ކަޕްގައި މިރޭ ސައޫދީ އަރަބިއާ އާއި ސްޕޭން ބައްދަލުކުރާ މެޗަކީ ދެ ގައުމުގެ ފުޓްބޯޅައިގެ ގާތް ގުޅުމުގެ ސަބަބުން ވަރަށް ޝައުގުވެރި މެޗެކެވެ. ފާއިތުވި ދިހަ އަހަރު ސައޫދީގެ ފުޓްބޯޅަ ކުރިއެރުވުމަށް ސްޕޭނުން ބޮޑު އެހީތެރިކަމެއް ދީފައިވާއިރު، ސްޕެނިޝް ސުޕަކަޕް ސައޫދީގައި ބޭއްވުމުން ސްޕޭނަށް ބޮޑު މާލީ ފައިދާއެއް ލިބެ އެވެ. މީގެ ބަދަލުގައި ސައޫދީއަށް ސްޕޭނުގެ ފަންނީ އަދި އިދާރީ އެހީތެރިކަން ލިބި، އެ ގައުމުގެ ލީގު ވަރުގަދަކުރުމުގައި ސްޕޭނުގެ ތަޖުރިބާކާރުން މުހިންމު ދައުރެއް އަދާކުރެ އެވެ.
މިރޭގެ މެޗާ ބެހޭގޮތުން ތަޖުރިބާކާރުން ބުނަނީ، މިއީ ސްޕޭނަށް ހީނުކުރާހާ ވަރުގަދަ ކުރިމަތިލުމަކަށް ވާނެ ކަމަށާއި، މިހާރުގެ ސައޫދީ ޓީމަކީ ކުރިއަށްވުރެ ފަންނީގޮތުންނާއި ތަޖުރިބާގެ ގޮތުން މާ ވަރުގަދަ ޓީމެއް ކަމަށެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ސައޫދީން އުރުގުއޭއާ އެއްވަރުކޮށްފައިވާއިރު، ސްޕޭން ވަނީ ކާބޯ ވާޑޭއާ އެއްވަރުވެ ފާޑުކިއުންތަކާ ކުރިމަތިލާން ޖެހިފަ އެވެ. އެހެންކަމުން، މިރޭގެ މެޗަކީ މުބާރާތުގެ ފެވަރިޓުންގެ ގޮތުގައި އޮތް ސްޕޭނަށް ޕްރެޝަރު ބޮޑު، މުހިންމު މެޗެކެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
