
(ފޮޓޯ ކްރެޑިޓްސް: ވިޒިޓް މޯލްޑިވްސް)
ފާއިތުވި 2025 ވަނަ އަހަރަކީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނަށް މާލީ ގޮތުންނާއި ފަތުރުވެރިކަމުގެ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބުނު އަހަރެކެވެ. އެގޮތުން، ކުންފުންޏަށް އާމްދަނީގެ ގޮތުގައި 32.54 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ ފާއިތުވި އަށް އަހަރުގެ ތެރޭގައި ލިބުނު އެންމެ ބޮޑު އާމްދަނީއެވެ. ރާއްޖެއަށް 2 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށް، ފަތުރުވެރިކަމުން ލިބުނު އާމްދަނީ 5.57 ބިލިޔަން ޑޮލަރަށް އަރައި، ކުރީ އަހަރާ އަޅާބަލާއިރު 16.4 އިންސައްތައިގެ ކުރިއެރުމެއް ވަނީ ހޯދާފައެވެ.
މި ކާމިޔާބީތައް ހާސިލްކުރެވުނީ ބައިނަލްއަގުވާމީ މާކެޓިންގ ހަރަކާތްތަކާއި، ޕާޓްނާޝިޕްތަކުގެ އިތުރުން ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ރާއްޖެ އިޝްތިހާރުކުރުމަށް ކުރެވުނު މަސައްކަތުންނެވެ. އަދި ވޯލްޑް ޓްރެވަލް އެވޯޑްސްގައި ރާއްޖެއިން ވަނީ ވިދިވިދިގެން ހަވަނަ ފަހަރަށް ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލްގެ ލަގަބު ހޯދާފައެވެ. މީގެ އިތުރުން، މިދިޔަ އަހަރު ކުންފުނީގެ ނަން “ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން” އަށް ބަދަލުކޮށް، ހިންގުން ހަރުދަނާކުރުމަށް ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
