
(ފޮޓޯ ކްރެޑީޓްސް: މަސްވެރިކަމާއިބެހޭ ވުޒާރާ)
ތުރުކީވިލާތުގައި ކުރިއަށްދާ “ޒީރޯ ވޭސްޓް ފޯރަމް” ގެ ހަވާސާގައި، ރާއްޖޭގެ މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް، ތުރުކީގެ އެގްރިކަލްޗަރ މިނިސްޓަރާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދުގައިވާ ވިޔަފާރީގެ އެއްބަސްވުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ވަކި ބާވަތްތަކަކުން ޑިއުޓީ ކަނޑާލުމަށް ސޮއިކޮށްފައިވާ “ޕްރިފަރެންޝިއަލް ޓްރޭޑް އެގްރިމެންޓް” (ޕީޓީއޭ) ގެ ދަށުން މަސްވެރިކަމާއި ދަނޑުވެރިކަމުގެ އުފެއްދުންތައް ބޭރުކުރުން އަވަސްކުރުމަށާއި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށެވެ. މީގެ އިތުރުން ތުރުކީ ސަރުކާރުން ރާއްޖެއަށް ދޭ އެހީތެރިކަމަށް ވަޒީރު ޝުކުރު އަދާކުރައްވައި، މި އެއްބަސްވުންތަކުގެ ފައިދާ ދެ ގައުމަށް ޢަމަލީގޮތުން ލިބޭނެ މަގު ފަހިކުރުމުގެ މުހިންމުކަން ދެ ބޭފުޅުންވެސް ފާހަގަކުރެއްވިއެވެ.
About Post Author
މާދަމާ ނިއުސް
ރާއްޖެއިން ދަނީ ނަތީޖާ ދައްކަމުން، ބީ.އެމް.އެލްގެ ދައުރު ބޮޑު: ފިޗު
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ފިޗް ރޭޓިންގްސްއިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކްރެޑިޓް ރޭޓިންގް 'ސީސީސީ-' އަށް މަތިކޮށް، ބޭންކުގެ ކުރިމަގު...
“ބޭސް ލިބުން އުނދަގޫވަނީ، ސަޕްލައިޗެއިން ތަރައްޤީ ނުވުމުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ސިއްޙީ ދާއިރާ ކުރިއަރާފައިވާ މިންވަރަށް ބޭސް ފޯރުކޮށްދިނުމުގެ ނިޒާމު ނުވަތަ ސަޕްލައިޗެއިން ތަރައްޤީވެފައި ނެތުމަކީ ބޭސް ލިބުމަށް...
ރަޝިޔާއިން ޒިޔާރަތްކުރި ފަތުރުވެރިން %21 އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މި އަހަރުގެ މިހާތަނަށް ރަޝިޔާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު 21 އިންސައްތަ އިތުރުވެ، 130,414...
“ކުނީގެ މައްސަލާގައި ޤައުމުތައް ގުޅިގެން މަސައްކަތްކުރަންޖެހޭ”
(ފޮޓޯ ކްރެޑިޓްސް: މަސްވެރިކަމާއިބެހޭ ވުޒާރާ) ތުރުކީގައި ކުރިއަށްދާ "ޒީރޯ ވޭސްޓް ފޯރަމް" ގައި ވާހަކަދައްކަވަމުން ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ކުނީގެ މައްސަލަ ހައްލުކުރުމަށް...
ސަރުކާރުން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށް، އިތުބާރު ދަމަހައްޓާނެ: ރައީސް
ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، ރާއްޖޭގައި ބޭނުންކުރާ ކާބޯތަކެއްޗަކީ ރައްކާތެރި އަދި އިތުބާރު ހުރި...
ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެންގެ ޒިންމާއެއް: ފަސްޓް ލޭޑީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ދެއްވި މެސެޖުގައި، ރައްކާތެރި ކާބޯތަކެތި ބޭނުންކުރުމަކީ...
