
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވުޒާރާ އުވާލުމާ ގުޅިގެން، ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތަކުގެ ކަންކަމުގައި މަޖިލީހަށް ޖަވާބުދާރީވާނެ ވަޒީރަކީ މާލީ ވަޒީރު މޫސާ ޒަމީރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވާފައެވެ. މި ބަދަލާއެކު، ލާމަރުކަޒީ ނިޒާމާ ގުޅޭ ސިޔާސަތުތައް އެކަށައަޅައި ހިންގުމުގެ މެންޑޭޓު މިހާރު ވަނީ މާލީ ވުޒާރާގެ ދަށަށް ބަދަލުކޮށްފައެވެ. ކައުންސިލްތަކުގެ މަސައްކަތްތައް ވިލަރެސްކުރާ އިދާރާ، ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ރައީސަކީވެސް މިހާރު މާލީ ވަޒީރެވެ. އެހެންކަމުން، ކުރިން ސިޓީތަކާ ބެހޭ ވުޒާރާއިން ކުރަމުންދިޔަ މަސައްކަތްތައް މިހާރު ކުރިއަށްދާނީ މާލީ ވުޒާރާގެ ބެލުމުގެ ދަށުންނެވެ. މި ބަދަލުގެ ސަބަބުން ލާމަރުކަޒީ ނިޒާމު ހިންގުމުގައި އެއްވެސް ޤާނޫނީ ހުސްކަމެއް ނާންނާނެ ކަމުގެ ޔަގީންކަން އެލްޖީއޭއިން ދެއެވެ.
About Post Author
މާދަމާ ނިއުސް
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމަށް އައު މިސްރާބަކަށް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ އިގުތިޞާދު ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް އޮތުން ބަދަލުކޮށް، އިގުތިޞާދު ސިންދަފާތު ކުރުމަށް ރައީސް ޑރ. މުއިއްޒުގެ...
