
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ސުޕްރީމް ކޯޓުން ދަމަހައްޓާފައިވާއިރު، މިއީ އިންތިޚާބުތަކުގައި ރައްޔިތުން ވޯޓުދެނީ ވަކި ފަރުދަކަށްތޯ ނުވަތަ ޕާޓީ ފިކުރަށްތޯ ކުރެވޭ ބަހުސް އަލުން ހުޅުވިގެންދިޔަ ކަމެކެވެ. ރާއްޖޭގެ އިންތިޚާބީ ތާރީޚަށް ބަލާއިރު، ލޯކަލް ކައުންސިލް އިންތިޚާބުތަކުގައި އާއިލީ ގުޅުންތަކާއި މީހާގެ އަމިއްލަ ސިފަތަކަށް ބަލައި ވޯޓުދިން ނަމަވެސް، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބުގައި ބޮޑަށް ބަލަނީ ސިޔާސީ ފިކުރަށާއި ޕާޓީތަކުގެ ސިޔާސަތުތަކަށެވެ. ޚާއްޞަކޮށް، މަޖިލިސް އިންތިޚާބުގައި ގިނަ ރައްޔިތުން ވޯޓުދެނީ ދާއިރާގެ ތަރައްގީއަށްޓަކައި ސަރުކާރު ހިންގާ ޕާޓީގެ ފިކުރަށް ކަމަށް ފާހަގަކުރެވެއެވެ.
މެންބަރުން އިންތިޚާބުވުމަށްފަހު ޕާޓީ ބަދަލުކުރުމަކީ ރައްޔިތުންގެ ނިންމުމާ ޚިލާފުވުން ކަމަށް ސުޕްރީމް ކޯޓުގެ ރައުޔުގައިވެސް ބާލާފައިވެއެވެ. އެހެންކަމުން، ގާނޫނުއަސާސީއަށް ގެނައި މި އިސްލާހަކީ ރައްޔިތުންގެ ވޯޓުގެ އަގު ހިފެހެއްޓުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މެންބަރަކު ޕާޓީ ބަދަލުކޮށްގެން ގޮނޑި ގެއްލުނު ނަމަވެސް، ރައްޔިތުން އަދިވެސް އެ މެންބަރަކަށް ތާއީދުކުރާނަމަ ބައި-އިލެކްޝަނެއްގެ ތެރެއިން އަލުން އިންތިޚާބުވުމުގެ ފުރުސަތު އޮންނާނެއެވެ.
About Post Author
މާދަމާ ނިއުސް
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމަށް އައު މިސްރާބަކަށް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ އިގުތިޞާދު ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް އޮތުން ބަދަލުކޮށް، އިގުތިޞާދު ސިންދަފާތު ކުރުމަށް ރައީސް ޑރ. މުއިއްޒުގެ...
