
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އާންމުކޮށްފައިވާ “ޝެޑިއުލް އޮފް ޗާޖެސް” ގައި ނުހިމެނޭ އިތުރު ފީއެއް ނަގާ ކަމަށް ދެކެވޭ ވާހަކަތައް އެ ބޭންކުން ވަނީ ދޮގުކޮށްފައެވެ. ބޭންކުން ހާމަކުރި ގޮތުގައި %30 ގެ ފީއެއް ނަގަނީ ހަމައެކަނި ދިވެހި ރުފިޔާ ޑެބިޓް ކާޑުން ވަކި އީ-ކޮމާސް ސައިޓްތަކެއްގައި (ޓީމޫ، ޝީއިން، އަލީބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ) ކުރާ މުޢާމަލާތްތަކުންނެވެ. ސިއްހީ، ތައުލީމީ ނުވަތަ ދަތުރުފަތުރުގެ ހިދުމަތްތަކުން މިފަދަ ފީއެއް ނުނަގާނެ ކަމުގެ ޔަގީންކަން ބޭންކުން ދެއެވެ.
މި ފީ ނަގަން ފެށީ ރާއްޖެއިން ބޭރުވާ ޑޮލަރުގެ މިންވަރު އިންތިހާއަށް އިތުރުވުމާ ގުޅިގެންނެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އީ-ކޮމާސް ސައިޓްތަކުން ކުރާ މުޢާމަލާތްތައް މަހަކު 20 މިލިއަން ޑޮލަރުން 45 މިލިއަން ޑޮލަރަށް ވަނީ އިތުރުވެފައެވެ. ދިވެހި ރުފިޔާ އެކައުންޓުން ކުރާ މިފަދަ މުޢާމަލާތްތަކަށް ބޭންކުން ޑޮލަރު ހަމަޖައްސައިދެނީ ބޭންކުގެ އަމިއްލަ އާމްދަނީންނެވެ. މިގޮތުން މިދިޔަ އަހަރު އެކަނިވެސް ކާޑު މުޢާމަލާތްތަކަށް ބޭންކުން 390 މިލިއަން ޑޮލަރު ހޭދަކޮށްފައިވެއެވެ. ބޭންކުން ބުނާ ގޮތުގައި މިފަދަ ކްރޮސް ބޯޑަރ ފީއެއް ނެގުމަކީ ބައިނަލްއަގުވާމީ ބޭންކިންގް އުސޫލުތަކާ އެއްގޮތް ކަމެކެވެ. އޮންލައިންކޮށް ވިޔަފާރިކުރާއިރު އެކި މަރުހަލާތަކުގައި ފީއެއް އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، އެއީ ކޮންމެހެން ބޭންކުން ނަގާ ފީއަކަށް ނުވެދާނެ ކަމަށްވެސް ބީއެމްއެލްއިން ފާހަގަކުރެއެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
