
ބަދަލުވަމުންދާ ޓެކްނޮލޮޖީގެ ދުނިޔޭގެ އޭއައިގެ މުސްތަޤުބަލު ބައްޓަން ކުރުމަށް އަންހެން ކުދިންގެ ޚިޔާލާއި މަޝްވަރާ އޮތުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ގާލްސް އިން އައިސީޓީ ދުވަހާއި ގުޅިގެން މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވަނީ ފަންނިއްޔާތުގެ ދާއިރާގައި ކުރިއަށް ދިއުމަށް ކޮންމެ ޒުވާން އަންހެން ކުއްޖަކަށްވެސް ހިތްވަރު ދިނުމަށް ގޮވާލައްވާފައެވެ. އެކަމަނާ ވިދާޅުވީ، ބަދަލުވަމުންދާ ޓެކްނޮލޮޖީގެ ދުނިޔޭގައި، ތަރައްގީއަށްޓަކައި އާޓިފިޝަލް އިންޓެލިޖެންސް ބައްޓަން ކުރުމަށް ކޮންމެ އަންހެން ކުއްޖެއްގެ ޚިޔާލާއި މަޝްވަރާވެސް އޮންނަން ޖެހޭ ކަމަށެވެ.
އެކަމަނާ ވަނީ އެކަކު އަނެކަކަށް އެހީތެރިވެ ހުރިހާ އެންމެން ޝާމިލްވުމުގެ ފުރުސަތު އޮންނަ މާހައުލެއް ޤާއިމްކޮށް ފުރުސަތުތައް ފަހިކޮށްދިނުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ނިސްބަތުން އަންހެނުން މަދުން ހަރަކާތްތެރިވާ ދާއިރާތަކަށް ކުރިމަތިލުމަށް ހިތްވަރުދީ މިހާރު ހުރި ހުރަސްތައް ގިރާކުރުމަށް އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި ގުޅިގެން ކުރާ މަސައްކަތުން އެންމެން ބާރުވެރި ކުރެވޭނެ ކަމަށާއި، ޑިޖިޓަލް މުސްތަޤުބަލަކަށް އައު ޖީލެއް ބިނާ ކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަނބިކަނބަލުން ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ އަނބިކަނބަލުންގެ ޕޯސްޓް ނިންމަވާލެއްވީ، އަންހެން ކުދިންނަށް އުނގެނުމުގައި އެހީވުމަށް ގޮވާލައްވަމުންނެވެ. އެކަމަނާ ވިދާޅުވީ ފަންނިއްޔާތުގެ ދާއިރާގެ މުސްތަޤުބަލު ބިނާކުރެވޭނީ އެންމެން ގުޅިގެން ކުރާ މަސައްކަތުން ކަމަށެވެ.
ބައިނަލްއަޤްވާމީ ގޮތުން ގާލްސް އިން އައިސިޓީ ދުވަސް ފާހަގަކުރަނީ ކޮންމެ އެޕްރީލް މަހެއްގެ 4 ވަނަ ބުރާސްފަތި ދުވަހުއެވެ. މި ދުވަސް ފާހަގަކުރުމުގެ މަޤްޞަދަކީ ސައިންސްގެ ދާއިރާތަކުގައި ހަރަކާތްތެރިވާ އަންހެނުން އިތުރުކޮށް ބާރުވެރި ކުރުމަށާއި، ޑިޖިޓަލް ދާއިރާގައި އޮތް މިންތީގެ ފަރަޤު ކުޑަކުރުމަށެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
