
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ހަނގާކުރުމާއި ބުލީކުރުން ހުއްޓުވުމަށްޓަކައި އެއީ ޖިނާޢީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، އެފަދަ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ބަންޑާރަނައިބުގެ އޮފީހާއެކު ސަރުކާރުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވި ގޮތުގައި، ހަނގާކުރުމުގެ ސަބަބުން މީހުންގެ ފުރާނައަށް ނުރައްކާވާ ފަދަ ހިތާމަވެރި ހާދިސާތައް ހިނގަމުންދާތީ، މިއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ޤާނޫނީ ފިޔަވަޅު އެޅޭނެ ނިޒާމެއް ޤާއިމުކުރުން މުހިންމެވެ. މިހާތަނަށް ރާއްޖޭގެ ޤާނޫނީ ނިޒާމުގައި ބުލީކުރުމަކީ ވަކި ކުށެއްގެ ގޮތުގައި ކަނޑައެޅިފައި ނުވި ނަމަވެސް، ސްކޫލްތަކާއި މަސައްކަތުގެ މާޙައުލުގައި މިކަން އިތުރުވަމުންދާތީ، މިފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް ޖިނާޢީ ދަޢުވާ ކުރެވޭނެ ގޮތްތައް ދެނެގަތުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
About Post Author
މާދަމާ ނިއުސް
އޭއައި ބައްޓަންކުރަން އަންހެން ކުދިންގެ ޚިޔާލު މުހިއްމު
ބަދަލުވަމުންދާ ޓެކްނޮލޮޖީގެ ދުނިޔޭގެ އޭއައިގެ މުސްތަޤުބަލު ބައްޓަން ކުރުމަށް އަންހެން ކުދިންގެ ޚިޔާލާއި މަޝްވަރާ އޮތުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު...
“ކޮންމެ ދިވެއްސެއްގެ ހިތުގައި ޤުރުއާނަށް ލޯތްބާއި އިޚްތިރާމް އޮންނަންޖެހޭ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވާއިރު، ކޮންމެ ދިވެއްސެއްގެ ހިތުގައިވެސް ކީރިތި ޤުރުއާނަށް މަތިވެރި ލޯތްބާއި އިޚްތިރާމް އޮންނަންޖެހޭނެކަމަށް...
ވިސާ ފީ ނުދައްކާ ބިދޭސީއަކު ފެނުނަސް އަންނަ މަހުން ފެށިގެން ޑީޕޯޓްކުރާނަން: އިހުސާން
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ "އޮޕަރޭޝަން ކުރަނގި" ގެ ތިންވަނަ ފިޔަވަހި އަންނަ މަހުގެ ދެވަނަ ދުވަހު ފެށުމަށް ވަނީ ނިންމާފައެވެ....
ގަވައިދާ އެއްގޮތަށް ތިބި ބިދޭސީންގެ އަދަދު 28 ޕަސެންޓުން 62 ޕަސެންޓަށް އިތުރުވެއްޖެ: އިހުސާން
(ފޮޓޯ ކްރެދިޓްސް: ރައީސް އޮފީސް) ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި" ގެ ދަށުން، ރާއްޖޭގައި ގަވައިދާ...
ދަނާލުގައި ނިޔާވި މީހާ ފުލުހުންނަށް ގުޅިކަމަށްބުނެ ފަތުރާ ވާހަކަަ ދޮގުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަނާލުގައި ނިޔާވި އަންހެން މީހާ މަރުވުމުގެ ކުރިން ފުލުހުންނަށް ގުޅިކަމަށް ބުނެ ފެތުރެނީ...
އަންނަ މަހުން ފެށިގެން މަޢުލޫމާތު ނުދޭ ބިދޭސީން ޑީޕޯޓްކުރަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގީ" ގެ ދަށުން، ފުރިހަމަ މައުލޫމާތު...
