
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބާރންލީ އާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ސިޓީ މޮޅުވެ ތާވަލުގެ އެއްވަނަ މަގާމް ހޯދައިފި އެވެ. މި މެޗުގައި ސިޓީ އަތުން ބަލިވި ބާރންލީ ވަނީ އެއް ސީޒަނަށްފަހު އަލުން ޗެމްޕިއަންޝިޕަށް ރެލިގޭޓް ވެފަ އެވެ. ލީގުގައި މިހާތަނަށް ބާރންލީ އިން 34 މެޗު ކުޅެފައިވާއިރު އެ ޓީމަށް ލިބިފައިވަނީ 20 ޕޮއިންޓެވެ. އަދި މިވަގުތު އޮތީ ތާވަލުގެ 19 ވަނައިގަ އެވެ. މެންޗެސްޓަރ ސިޓީ ވަނީ މި މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމް މި ސީޒަނުގެ ފުރަތަމަ ހާފްތާއަށްފަހު ފުރަތަމަ ފަހަރަށް ހޯދާފަ އެވެ. ދެވަނައިގައި އޮތް އާސެނަލް އާއި ސިޓީ އަށް 33 މެޗުން 70 ޕޮއިންޓް ލިބިފައިވާއިރު ފައިދާ ގޯލުންވެސް ވަނީ 37 ގޯލާއެކު އެއްވަރުވެފަ އެވެ. އެހެންކަމުން ސިޓީ އަށް ކުރި ލިބިފައިވަނީ ޖެހި ގޯލުގެ ތަފާތުންނެވެ. ސިޓީ އިން 66 ގޯލު ޖަހާފައިވާއިރު އާސެނަލް އަށް ޖެހިފައިވަނީ 63 ގޯލެވެ.
ޕެޕް ގަޑިއޯލާގެ އިރުޝާދުގެ ދަށުން ކުޅެމުންދާ މެންޗެސްޓަރ ސިޓީ އަށް މި ސީޒަނުގެ މެދުތެރޭގައި ގިނަ މައްސަލަތަކެއް ކުރިމަތިވިނަމަވެސް އެންމެ ފަހުން އެ ޓީމު ކުޅުނު 11 މެޗުން ބަލިވެފައެއް ނުވެއެވެ. ޕްރިމިއާ ލީގުގައި ސިޓީ އެންމެ ފަހުން ބަލިވެފައިވަނި މިދިޔަ ޖެނުއަރީ މަހު މެންޗެސްޓަރ ޔުނައިޓެޑް އަތުންނެވެ. ބާރންލީގެ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ މެޗުގެ ފަސްވަނަ މިނިޓުގައި އާލިން ހާލަންޑް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
About Post Author
މާދަމާ ނިއުސް
ދައުލަތަށް ޚިދުމަތްކުރުމުގެ ޤައުމީ އިނާމު 66 ބޭފުޅަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް އިޚްލާޞްތެރިކަމާއެކު ޚިދުމަތްކުރެއްވި 66 ބޭފުޅަކަށް، މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި...
މިނިވަން ދުވަހުގެ ތަހުނިޔާ ނައިބު ރައީސް ފޮނުއްވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ދިވެހި ރައްޔިތުންނަށް...
“މިނިވަންކަން ދެމެހެއްޓޭނީ ދިވެހިވަންތަކަމާއި ސަގާފަތް ނެގެހެއްޓިގެން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ހީނާ ވަލީދު ވިދާޅުވީ، ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމުގެ އަސްލަކީ ޖީލުން...
މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަނލުން ބައިވެރިވެވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި ދައުލަތުގެ...
އިނގިރޭސި ޙިމާޔަތަށް ރާއްޖެ ދާންޖެހުނު ސަބަބުތައް ކޮންމެ ދިވެއްސަކަށް އެނގެންޖެހޭ
ދިވެހިރާއްޖޭގެ މިނިވަން ދުވަހަކީ ކޮންމެ ދިވެއްސަކު އިބުރަތް ލިބިގަންނަންޖެހޭ މުހިއްމު ދުވަހެކެވެ. ރާއްޖެ އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ދާން މެދުވެރިވީ ދާޚިލީ ފިތުނަވެރިކަމާއި، އިޤްތިޞާދީ...
ސޮވެރިން ފަންޑަށް ޖަމާކުރި ފައިސާގެ އަދަދު 1.2 ބިލިޔަނަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ސޮވެރިންގ ޑިވެލޮޕްމެންޓް ފަންޑަށް (އެސްޑީއެފް)...
