
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ޣައްޒާއަށް ޢުދުވާނީ ޙަމަލާތައް ދޭން ފެށިފަހުން ޔަހޫދީން އިސްތިޢުމާރު ކޮށްފައިވާ ހުޅަނގު އައްސޭރިން ހައްޔަރުކުރި ފަލަސްޠީނުގެ ރައްޔިތުންގެ ޢަދަދު 23،000އަށް އަރައިފިއެވެ. ޣައްޒާ ނަސްލުހޭދު ފެށުނު ފަހުން ޔަހޫދީން ވަނީ ހުޅަނގު އައްސޭރިން ހައްޔަރުކުރާ މީހުންގެ ޢަދަދު އިތުރުކޮށްފައެވެ. ފަަލަސްތީނިއަން ޕްރިސަނަރސް ސޮސައިޓީއިން ބުނީ ހައްޔަރުކޮށްފައިވާ މީހުންގެ ޢަދަދުގެ ތެރޭގައި އިރުމަތީ ޤުދުސްއިން ހައްޔަރުކޮށްފައިވާ މީހުން ވެސް ހިމެނޭ ކަމަށެވެ. ގިނަ މީހުން ހައްޔަރުކުރަނީ ޔަހޫދީންގެ ރޭޑުތަކުގައި އާއި ޗެކުޕޮއިންޓުތަކުންނެވެ. އަދި ބިރުދައްކައި ގަދަކަމުން ވެސް ގިނަ ޢަދަދެއްގެ މީހުން ހައްޔަރުކޮށްފައިވާ ކަމަށް އެ ޖަމްޢިއްޔާއިން ބުނެއެވެ.
ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި 700 އަންހެނުންނާއި 1،800 ކުޑަކުދިން ހިމެނެއެވެ. އަދި 240 ނޫސްވެރިން ވެސް އެ ޢަދަދުގެ ތެރޭގައި ހިމެނޭއިރު، އަދި ވެސް ޔަހޫދީންގެ ބެލުމުގެ ދަށުގައި 43 ނޫސްވެރިއަކު އެބަހުއްޓެވެ. އޭގެ ތެރޭގައި ތިން އަންހެނުން ވެސް ހިމެނެއެވެ. ނޫސްވެރިއެއް ކަމަށްވާ މަރްވާން ނަބްލުސް ވަނީ ޔަހޫދީންގެ ބަންދުގައި ހުއްޓައި ނިޔާވެފައެވެ. ފަަލަސްތީނިއަން ޕްރިސަނަރސް ސޮސައިޓީއިން އިތުރަށް ބުނީ ހައްޔަރުކުރުމުގައި އަނިޔާވެރިކަން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ފާހަގަކުރެވޭ ކަމަށެވެ. ބަންދުކުރާ މީހުންނަށް ލާއިންސާނީ އަނިޔާތައްދީ، އެ މީހުންނާއި އެ މީހުންގެ ޢާއިލާތަކަށް އިންޒާރުދީ، ގޭގެއާއި ބިނާރަށް ގެއްލުން ދޭ ކަމަށް ވެސް އެ ޖަމްޢިއްޔާއިން ބުނެފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
