
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޞުލްޙައިގެ މަޝްވަރާތަކުގެ ދެވަނަ ބުރުގައި ބައިވެރިވުމަށް ބޭއްވުމަށް އީރާނުން އެއްބަސްވެފައި ނުވާނެ ކަމަށް އެ ޤައުމުން ބުނެފިއެވެ. އީރާނުން މިހެން ބުނެފައި މި ވަނީ އޭޕްރިލް މަހުގެ 20ވަނަ ދުވަހު މަޝްވަރާތައް ބޭއްވުމަށް ތާވަލްކޮށްފައިވާ ކަމަށް އެމެރިކާއިން ބުނެފައި ވަނިކޮށެވެ. އީރާނުން ބުނީ މަޝްވަރާގެ އިތުރު ބުރެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ބުނެ އެމެރިކާއިން ފަތުރަމުން ދަނީ ދޮގެއް ކަމަށެވެ. އެއީ އެމެރިކާއިން އީރާނަށް ފިއްތުންތައް ކުރިމަތިކުރުވާ، އީރާނަކީ ގޯސްހަދާ ބައެއްކަމަށް ދެއްކުމަށް ކުޅެމުންދާ “މީޑީޔާ ގޭމެއް”ގެ ގޮތުގައި އެ ޤައުމުން ވަނީ ސިފަކޮށްފައެވެ. އެމެރިކާއިން ކުރަމުންދާ ޑިމާންޑުތަކާއި އިރުއިރުކޮޅާ އެ ޤައުމުގެ ވިސްނުން ބަދަލުކުރާކުރުމާއި، ދައްކަމުންދާ ފުށުއަރާ ވާހަކަތަކާއި ޙާޞިލްކުރަން ބޭނުންވާ ހުވަފެނީ މަޤްޞަދުތަކާއި އީރާނުގެ އުޅަނދުފަހަރަށް ހުރަސްއެޅުންފަދަ ކަންކަމަކީ ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމާ ޚިލާފު ކަންކަން ކަމަށް ވެސް އީރާނުން ބުނެފައިވާ ކަމަށް އެ ޤައުމުގެ ރަސްމީ ނޫސް އިދާރާއިން ރިޕޯޓުކޮށްފައިވެއެވެ.
މިދިޔަ ފެބްރުއައީ މަހުގެ 28ވަނަ ދުވަހު އެމެރިކާއާއި ޔަހޫދީން ގުޅިގެން ވަނީ އީރާނަށް ޙަމަލާދީ ހަނގުރާމަ ފަށައިފައެވެ. އެއާއެކު އީރާނުން ވަނީ ތެލާއި ގޭސް އުފުލުމަށް ބޭނުންކުރާ މައި މަގެއް ކަމަށްވާ ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައެވެ. ހަ ހަފްތާ ވަންދެން ޙަމަލާ ބަދަލުކުރުމަށް ފަހު ދެ ފަރާތުން މިހާރު ވަނީ ހަނގުރާމަ މެދުކަނޑައިލުމަށް ނިންމާ، ޞުލްޙައިގެ މަޝްވަރާތައް ކުރަން ފަށައިފައެވެ. މަޝްވަރާގެ ފުރަތަމަ ބުރުގައި ކުރިއެރުމެއް ނުލިބުމުން އެމެރިކާއިން ވަނީ އިރާނުގެ ބޯޓުފަހަރަށް އެ ޤައުމުގެ ބަނދަރުތަކުން ލަފާފުރުން އެމެރިކާގެ ކަނޑުގެ ސިފައިން ހުއްޓުވާނެ ކަމަށް އިޢުލާނުކޮށްފައެވެ. އީރާނުގެ އުޅަނދުފަހަރަށް ހުރަސްއަޅާނަމަ މަޝްވަރާތަކުގައި އެ ޤައުމުން ބައިވެރިނުވާނެ ކަމަށް އެ ޤައުމުން ބުނެފައިވެއެވެ.
މީގެ ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މަޝްވަރާގެ ދެވަނަ ބުރުގައި ބައިވެރިވުމަށް އެމެރިކާގެ ވަފްދަކުން ޕާކިސްތާނަށް ދަތުރުކުރާނެ ކަން ކަށަވަރުކޮށްދެއްވައިފައެވެ. އެ ވަފްދުގައި އިސްކޮށް ހުންނަވާނީ އެ ޤައުމުގެ ނައިބު ރައީސް ޖޭޑީ ވޭންސްއެވެ. މިދިޔަ ހަފްތާގެ ތެރޭގައި ބޭއްވި މަޝްވަރާގެ ފުރަތަމަ ބުރުގައި ބައިވެރިވި ވަފްފުގައި ވެސް އިސްކޮށް ހުންނެވީ އޭނާއެވެ. ވޭންސްގެ އިތުރުން ޓްރަމްޕްގެ ދަނބިދަރިކަލުން ޖާރެޑް ކުޝްނަރ ވެސް މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
