
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ސަރުކާރުގެ ސިޔާސީ މަގާމުތަކަކީ ފަސް އަހަރުގެ މުއްދަތަށް ދެވޭ ހަދިޔާއެއް ނޫން ކަމަށާއި، އެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ނަތީޖާ ނުނެރެވޭ ނަމަ މަގާމުން ވަކިކުރާނެ ކަމަށް ރައީސް އޮފީހުގެ ޗީފް ގަވަމަންޓް ސްޕޯކްސްޕާސަން މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ. ސިޔާސީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ރައީސް އޮފީހުގެ ބެލުމުގެ ދަށުން ގަވާއިދުން އެސެސް ކުރަމުންދާ ކަމަށާއި، މިގޮތުން ބަލާއިރު މަސައްކަތް އެކަށީގެންވާ ފެންވަރަށް ކުރާ މީހުން މަގާމުގައި ދެމިތިބޭނެ ކަމަށާއި، ނަތީޖާ ނުނެރެވޭ މީހުން ވަކިކުރުން ނުވަތަ އެހެން މަގާމަކަށް ބަދަލުކުރުން ފަދަ ނިންމުންތައް ނިންމާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މުންދު އިތުރަށް ވިދާޅުވީ، ވަކި އަދަދެއް ކަނޑައަޅައިގެން މީހުން ވަކިކުރުމުގެ ބަދަލުގައި ސަރުކާރުގެ މަގްސަދަކީ މަގާމުތަކުގައި އެންމެ އެކަށީގެންވާ މީހުން ބައިތިއްބައިގެން ސަރުކާރުގެ ދުވެލި ހަރުދަނާކުރުން ކަމަށެވެ. އަދި ސިޔާސީ މުވައްޒަފުންނަކީ ރައްޔިތުންގެ ފައިސާއިން މުސާރަ ލިބޭ ބަޔަކަށް ވާތީ، ވަފާތެރިކަމާއެކު މަސައްކަތްކޮށް ނަތީޖާ ދައްކަންޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
