
(ފޮޓޯ ކްރެޑިޓްސް: އެމްނެސްޓީ)
ނިރުބަވެރި އިޒްރޭލުން ޣައްޒާއަށް ދެމުންދާ ވައިގެ ހަމަލާތައް މެދުކަނޑާލާފައި އޮތް ނަމަވެސް، ބޭސްފަރުވާއާއި އަސާސީ ވަސީލަތްތަކަށް އަޅަމުންދާ ހުރަސްތަކުގެ ސަބަބުން ފަލަސްޠީނުގެ މުސްލިމުން މަރުވާ މިންވަރު ދަނީ އިތުރުވަމުންނެވެ. އިންސާނީ އެހީދޭ ޖަމާޢަތްތަކުން ހާމަކުރާ ގޮތުގައި، އިޒްރޭލުން ދަނީ ބޭހާއި ކާބޯތަކެތި އެތެރެކުރުމަށް ގަސްތުގައި ހުރަސްއަޅައި، ޣައްޒާގައި ބަނޑުހައިހޫނުކަމާއި ބަލިމަޑުކަން ފަތުރަމުންނެވެ. މިގޮތުން އެމް.އެސް.އެފް ފަދަ ޖަމާޢަތްތަކުގެ މަސައްކަތްތަކަށް ހުރަސްއަޅައި، ގިނަ އަދަދެއްގެ އެހީދޭ ޖަމާޢަތްތަކެއްގެ ރަޖިސްޓްރީ ވަނީ ބާތިލުކޮށްފައެވެ.
ޣައްޒާގެ ޙާލަތު މިހާރު އޮތީ ބޮޑު ބަނޑުހައިހޫނުކަމެއްގެ ތެރޭގައި ކަމަށް ބައިނަލްއަޤްވާމީ އިދާރާތަކުން ކަށަވަރުކޮށްދެއެވެ. ޚާއްޞަކޮށް ކުޑަކުދިންނަށް ބޭނުންވާ ކާނާ ނުލިބުމުގެ ސަބަބުން އެތައް ހާސް ކުދިންނެއްގެ ފުރާނައަށް ވަނީ ނުރައްކާވެފައެވެ. އދ. އިން ސިފަކުރާ ގޮތުގައި މިއީ ނިޒާމީ ގޮތެއްގައި ނަސްލު ނައްތާލުމަށް އިޒްރޭލުން ބޭނުންކުރާ އުކުޅެކެވެ. ނަމަވެސް، މި ނުރައްކާތެރި ޖަރީމާތައް ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢާއި އިސްލާމީ ޤައުމުތަކުން އަމަލީ ގޮތުން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަމުން ނުދާކަން އެނަލިސްޓުން ފާހަގަކުރެއެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
