
(ފޮޓޯ ކްރެޑިޓްސް: ގެޓީ އިމޭޖާސް)
އެމެރިކާ އާއި އީރާނާއި ދެމެދު ހަނގުރާމާ ހުއްޓާލުމުގެ އެއްބަސްވުމަކަށް އަދި އާދެވިފައިނުވާއިރު، “އެމެރިކާ އިން މަޝްވަރާތަކުން ވަކިވާން ބަހަނާ ދައްކަމުންދާ” ކަަމަށް އީރާނުން މިއަދު ބުނެފިއެވެ. އެމެރިކާ އާއި އީރާނާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އައުމާއި ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދަނީ ޕާކިސްތާނުގެ އިސްލާމްއާބާދުގައެވެ. އެ މަޝްވަރާތައް އިއްޔެ ފެށިއިރު، މިއަދު މިއީ މަޝްވަރާތަކުގެ ދެވަނަ ދުވަހެވެ. އެ މަޝްވަރާތަކުގެ ފުރަތަމަ ބުރު ނިންމާލުމަށް ފަހު، އެމެރިކާގެ ނައިބް ރައީސް ޖޭޑީ ވެންސް ވަނީ ފުރައިފައެވެ.
އީރާނުގެ ވަފުދުގެ ގާތް އޮފިޝަލަކު ފާސް ނިއުސް އެޖެންސީ އަށް މައުލޫމާތު ދެމުން ބުނީ އެމެރިކާ އިން ބަލަނީ މަޝްވަރާގެ މޭޒަށް ނުކުންނަން ބަހަނާއެއް ކަމަށެވެ. “ބައިނަލްއަގުވާމީ މައިދާނުގައި އެ މީހުންގެ މަޝްހޫރުކަން ގެއްލިގެން ދިއުމުގެ ސަބަބުން އެމެރިކާ އަށް މި މަޝްވަރާ ކުރިއަށް ގެންދަން މަޖުބޫރުވީ. އީރާނާ ދެކޮޅަށް ކުރި ހަނގުރާމައިން ބަލިވެ ހުއްޓުމަކަށް އައި ނަމަވެސް، އެ މީހުންގެ އުއްމީދުތައް ކުޑަކުރަން ބޭނުން ނުވާކަން ފާހަަގަވަނީ،”. އެ ރިޕޯޓުގައި ބުނެފައިވެއެވެ. އަދި އީރާނުން މަޝްވަރާތައް ކުރިއަށް ގެންދިއުމުގެ ދެވަނަ ބުރުގައި ބައިވެރިވުމުގެ ވިސްނުމެއް ނެތް ކަމަށް ވެސް އެ މީހުން ބުނެފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
