
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީންނާއި ގުޅިގެން އެމެރިކާއިން އީރާނަށް ދެމުންދާ ހަމަލާތައް ދެ ހަފުތާގެ މުއްދަތަށް މެދުކަނޑާލަން އެއްބަސްވުމާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ދާން ފަށައިފިއެވެ. ހަމަލާތައް ހުއްޓައިލަން އެއްބަސްވުމަކަށް އައިސްފައިވަނީ، އީރާނަށް ދެމުންދާ ޢުދުވާނުތައް ވަރުގަދަކޮށް، މުޅި ޤައުމު އެކީގައި ސުންނާފަތިކޮށްލާނެކަމުގެ އިންޒާރާއެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި ސުންގަނޑި ހަމަވާން ކައިރިވެފައިވަނިކޮށެވެ. އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް ޢާރާގްޗީ ވަނީ، ކުރިއަށް އޮތް ދެ ހަފްތާއަށް ޙަމަލާތައް މެދުކަނޑައިލަން އެމެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުމަށް އީރާނުން އެއްބަސްވެފައިވާކަމަށް އިޢުލާނުކުރައްވައިފައެވެ. އަދި އީރާނަށް ޙަމަލާ ނުދޭނެމަ އެ އެއްބަސްވުމަށް އީރާނުން އިޙްތިރާމް ކުރާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޙަމަލާތައް މެދުކަނޑައިލަން އެމެރިކާއިން ހުށަހެޅި ޝަރުތުތަކުގެ ތެރޭގައި ހުރްމުޒް ކަނޑުއޮޅި ހުޅުވުން ހިމެނޭއިރު، އެ މުއްދަތުގެ ތެރޭގައި އީރާނުގެ އަސްކަރިއްޔާގެ ބެލުމުގެ ދަށުން، ރައްކާތެރިކަމާއެކު އުޅަނދުފަހަރަށް ދަތުރުކުރެވޭނެކަމުގެ ޔަޤީންކަން އޭނާ ވަނީ ދެއްވައިފައެވެ. މި ނިންމުމާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތަކަށް މިވަނީ ބަދަލު އަންނަން ފަށާފައެވެ. މިވަގުތު މިހާތަނަށް ތެލުގެ އަގު %8 ދަށަށް ގޮސްފައިވާކަމަށް ޚަބަރުތަކުން އަންނަނީ ރިޕޯޓުކުރަމުންނެވެ. އެގޮތުން އެމެރިކާގެ ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ގާތްގަނޑަކަށް 16 އިންސައްތަ ވެއްޓި މިވަގުތު ވަނީ 95.59 ޑޮލަރަށް ވެއްޓިފައެވެ، އޭގެ ކުރިން އިއްޔެ ސާފުނުކުރާ ތެޔޮ ފީފާއެއް އަގުހުރީ 117 ޑޮލަރުގައި އެވެ.
އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން އިއުލާން ކުރި ގޮތުގައި 40 ދުވަހުގެ ހަނގުރާމައަށް ފަހު އެޤައުމުގެ އަސްކަރިއްޔާއިން ވަނީ މި ހަނގުރާމައިގައި ކާމިޔާބު ހޯދާފައެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
