
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ވިޔަފާރި އުޅަނދުފަހަރަށް ހުރަހެއް ނެތި ހުރުމުުޒު ކަނޑުއޮޅިން ދަތުރުކުރެވޭނެ ކަން ޔަޤީން ކުރުމަށް ޤައުމުތަކުން ގުޅިގެން އެކުގައި މަސައްކަތްކުރުމަށް ގޮވާލާ އދގެ ޤަރާރެއް ޗައިނާއާއި ރަޝިޔާއިން ވީޓޯކޮށްފިއެވެ. މަޤުބޫލު ސަބަބެއް ނެތި މިދިޔަ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާއި އެމެރިކާއިން ގުޅިގެން އީރާނަށް ޙަމަލާދީ ހަނގުރާމަ ފެށުމުގެ ސަބަބުން އީރާނުން ވަނީ ދުނިޔެއަށް ބޭނުންވާ ތެލާއި ޤުދުރަތީ ގޭސް އުފުލާ މައި މަގެއް ކަމަށްވާ ހުރުމުޒު ކަނޑުއޮޅި، އެމެރިކާއާއި ޔަހޫދީންނާ ގުޅުންހުރު އުޅަނދުފަހަރަށް ބަންދުކޮށްފައެވެ. އެއާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަނީ އިންތިހާއަށް އުފުލެމުންނެވެ. 15 މެންބަރު ޤައުމުގެ މައްޗަށް އެކުލެވިގެންވާ އދގެ ސަލާމަތީ މަޖިލީހުގައި ހުރުމުޒު ކަނޑުއޮޅީގެ ބާރު ނެގުމާ ގުޅޭގޮތުން ބަޙްރައިނުން ހުށަހަޅާފައިވާ ޤަރާރާ އެއްކޮޅަށް ވޯޓު ދީފައި ވަނީ 11 ޤައުމުންނެވެ. ޗައިނާއާއި ރަޝިޔާއިން ޤަރާރާ ދެކޮޅަށް ވޯޓު ދީފައިވާއިރު، ދެ ޤައުމަކުން ވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ. ބަޙްރައިންގެ ޚާރިޖީ ވަޒީރު ޢަބްދުލްލަތީފް ބިން ރާޝިދު އަލް ޒަޔާނީ ވިދާޅުވީ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރުކަންކުރާ ޤައުމަކުން ޤަރާރާ ދެކޮޅަށް ވޯޓު ދީފައިވާތީ އެ ޤަރާރު ބަލައިގަނެފައި ނުވާ ކަމަށެވެ.
އެ ޤަރާރާ ގުޅޭ ގޮތުން ޗައިނާއާއި ރަޝިޔާއިން ބުނީ އެ ޤަރާރުގައި ގޮވާލާފައިވާ ކަންކަމަކީ ވަކިކޮޅަކަށް ޖެހި، އީރާނަށް ގެއްލުންވާ ގޮތަށް ހުށަހަޅާފައިވާ ޤަރާރެއް ކަމަށެވެ. ޗައިނާއިން އދއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ފޫ ކޮންގު ވިދާޅުވީ ޙަޟާރަތެއް ނައްތާލާނެ ކަމުގެ އިންޒާރު އެމެރިކާއިން ދެމުން ދަނިކޮށް އެ ފަދަ ޤަރާރެއް ބަލައިގަތުމުން އެ ދެވެނީ މުޅިން ގޯސް މެސެޖެއް ކަމަށެވެ. ރަޝިޔާއިން އދއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ވަސިލީ ނެބެންޒްޔާ ވިދާޅުވީ ކަނޑުމަތީގެ ސަލާމަތީ ކަންކަން ހިމެނޭ ގޮތަށް، މެދުއިރުމަތީގެ ޙާލަތާ ގުޅޭގޮތުން ރަޝިޔާއާއި ޗައިނާއިން އިތުރު ޤަރާރެއް ހުށަހަޅާނެ ކަމަށެވެ. އީރާނުން އދއަށް ކަނޑައަޅާފައި ހުންނަވަ ސަފީރު، އާމިރު ސަޢީދު އިރަވާނީ ވަނީ ޗައިނާއާއި ރަޝިޔާގެ ނިންމުމަށް ތަޢުރީފު ކުރައްވައި، ދެ ޤައުމުގެ ނިންމުމުގެ ސަބަބުން ޢުދުވާނީ ޢަމަލުތަކަކަށް ޤާނޫނީ ޙައިޞިއްޔަތު ދިނުމަށް އދގެ ސަލާމަތީ މަޖިލީސް ނަހަމަގޮތުގައި ބޭނުން ކުރުން ހުއްޓުވިފައިވާ ކަމަށް ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
