
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މިހާރު ކުރިއަށްދާ އިންތިޚާބުގައި ވޯޓުފޮޮށިތަކުގެ ކިޔު ހަވީރު 5 ޖެހުމާއެކު ބަންދުކޮށްފިއެވެ. މި އިންތިޚާބުގެ ވޯޓުލުން ފަށާފައިވަނީ ހެނދުނު 8:00 ގައެވެ. އެ ކޮމިޝަނުން އާންމު ކުރި މައުލޫމާތުން ދައްކާގޮތުގައި މިހާތަނަށް ވޯޓުލާފައިވަނީ ވޯޓުލުމުގެ ޙައްގު ލިބިގެންދާ 62.98 އިންސައްތަ މީހުންނެވެ. އެއީ 185،709 މިހުންނެވެ.
މިހާތަނަށް ވޯޓުލި މީހުންގެ ތެރޭގައި 92،567 އަންހެނުންނާއި 93،142 ފިރިހެނުން ހިމެނެއެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު 294،876 މީހުންނަށް ލިބިގެންވެއެވެ. މިހާތަނަށް ވޯޓުނުލަނީ 109،167 މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. އެއީ ޖުމްލަ ވޯޓުލުމުގެ ޙައްގު ލިބިގެންވާ މީހުންގެ %37.02 މީހުންނެވެ.
މި އިންތިޚާބުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 588 ވޯޓުފޮށި ވަނީ ބަހައްޓާފައެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ވަގުތު އިލެކްޝަންސް ކޮމިޝަނުން ވަނީ ހަވީރު 5:00 ޖެހުމާ ހަމައަށް އިތުރުކޮށްފައެވެ. ވޯޓު ގުނުން ފެށިގެންދާނީ ކިޔުގައި ތިބި މީހުންނަށް ވޯޓުލުމުގެ ފުރުޞަތު ދިނުމަށްފަހު ފޮށި ބަންދުކުރާތާ 30 މިނެޓް ފަހުންނެވެ.
About Post Author
މާދަމާ ނިއުސް
މޭޔަރު އާޒިމް “މީޑިއާ ސްޓަންޓް” ނުޖައްސައި ލިޔުމުން މުއާމަލާތްތައް ކުރައްވަން މިނިސްޓަރު މުއްތަލިބް އެދިވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: މިހާރު) މާލޭ މޭޔަރު އާދަމް އާޒިމް ދައްކަވާ ވާހަކަތަކުގައި ހަގީގަތް އޮޅުވާލައްވާ ކަމަށް ވިދާޅުވެ، މީގެފަހުން މޭޔަރާ އެކު ކުރާ ހުރިހާ...
މާލޭގެ ރައްޔިތުންގެ ތަރައްޤީއަށް ހުރަސްއެޅުމުގެ ފުރަތަމަ ބޮޅު: މަސް މާރުކޭޓު އަޅާ ބިން ހަވާލުނުކުރަން ކައުންސިލުން ނިންމައިފި!
(ފޮޓޯ ކްރެޑިޓްސް: މިހާރު) މާލޭގެ އާ މަސް މާރުކޭޓު އެޅުމަށް ކަނޑައަޅާފައިވާ ބިން، ގާނޫނީ އިމުގެ ތެރެއިން ނޫނީ އިންފްރާސްޓްރަކްޗާ މިނިސްޓްރީއާ ހަވާލުނުކުރުމަށް މާލޭ...
ރާއްޖޭގެ އިޤްތިޞާދީ ދުވެލި ދެމެހެއްޓުމުގައި ފަތުރުވެރިކަން ކުރިއެރުމުގެ ދައުރު ބޮޑު
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީޢެލް) ރާއްޖޭގެ އިޤްތިޞާދު ހިފެހެއްޓުމުގައި ފަތުރުވެރިކަމުގެ ސިނާޢަތް މުހިންމު ދައުރެއް އަދާކުރާ ކަމަށް އައިއެމްއެފްއިން ފާހަގަކޮށްފިއެވެ. އެ އިދާރާއިން ނެރުނު ރިޕޯޓެއްގައިވާ...
މޭ މަހު ދަޅު މަސް ބޭރުކުރި މިންވަރު އިތުރު
(ފޮޓޯ ކްރެޑިޓްސް: މިފްކޯ) ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މޭ މަހު ރާއްޖެއިން ވަނީ 98 މިލިޔަން ރުފިޔާގެ މުދާ ބޭރުކޮށްފައެވެ. މީގެ ތެރެއިން އެންމެ...
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޓްރަމްޕްގެ އިންޒާރު އީރާނަށް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) އީރާނާއި އެމެރިކާއާ ދެމެދު ވެވުނު ތާރީޚީ އެއްބަސްވުމެއްގެ ދަށުން، ދެ ޤައުމުގެ ދެމެދުގައި އޮތް ހަނގުރާމަ ހުއްޓާލައި 60 ދުވަހުގެ...
ފަސްޓްލޭޑީ ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، "ބީ.އެމް.އެލް. ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް 2026" ރަސްމީކޮށް އިއްޔެ ހުޅުވައިދެއްވައިފިއެވެ. މާލޭ ސޯޝަލް...
