
(ފޮޓޯ ކްރެޑިޓްސް: އެމްޓީސީސީ)
ސަރުކާރުން އަލަށް ތަޢާރަފްކުރި “މާލެ ޓެކްސީ” ލައިންގެ ޚިދުމަތަށް ބޭނުންކުރާ ތިމާވެއްޓާ ރައްޓެހި ދެ އީވީ ކާރު ވިލިމާލެއަށް ގެންގޮސް، އެ ރަށުގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތް އެމްޓީސީސީން ވަނީ ފަށާފައެވެ. ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙުކޮށްދެއްވި މި ޚިދުމަތުގައި ވިލިމާލޭގައި ބޭނުންކުރާނީ ލުމީ މޮޑެލްގެ ދެ ޓެކްސީއެވެ. މި މަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށް މި ޚިދުމަތް މުޅިން ހިލޭ ފޯރުކޮށްދޭއިރު، 1655 ހޮޓްލައިން މެދުވެރިކޮށް މިހާރު ދަތުރުތައް ބުކް ކުރެވޭނެއެވެ. ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދޭ މި ޚިދުމަތުގައި މަގުމަތިން އަތްނަގައިގެން ޓެކްސީ ނުނެގޭނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެބް އެޕްލިކޭޝަނާއި ފޯން އެޕް މެދުވެރިކޮށް ޚިދުމަތް ހޯދޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. މި ޚިދުމަތުގެ ސަބަބުން ދަތުރުވެރިންނަށް ރައްކާތެރިކަމާއި އިތުރު ލުއިފަސޭހަކަން ލިބިގެންދާނެއެވެ.
About Post Author
މާދަމާ ނިއުސް
ރޮނާލްޑޯ އަށްޓަކައި ވޯލްޑް ކަޕް ތަށި ހޯދަން ތައްޔާރު: ބުރޫނޯ
ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ކެރިއަރު ފުރިހަމަކުރުމަށްޓަކައި މިފަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދޭން ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ބުރޫނޯ ފެނާންޑޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި...
ހަރުދަނާ ސިޔާސަތުތަކެއްގެ ތެރެއިން ދަރަނިތައް ދެއްކުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ދަރަނިތައް ދެއްކުމަށެވެ. އެގޮތުން، ރާއްޖެ ބަނގުރޫޓުވެދާނެ ކަމަށް...
ހަމަލާ ދިނީ ސަރުކާރުންނޭ މޭޔަރު ވިދާޅުވި ވާހަކައަކީ ވަރަށް ދަށުދަރަޖައިގެ އިތުރުފުޅެއް: މުންދު
މާލޭގެ މޭޔަރު އާދަމް އާޒިމަށް މުޒާހަރާއެއްގެ ތެރެއިން ބަޔަކު ހަމަލާދިނީ ސަރުކާރުން ރާވައިގެން ކަމަށް އޭނާ ކުރެއްވި ތުހުމަތުތައް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު...
މީހަކު އާޒިމް ކޮށްޕާލުން: ތަހުގީގަކާ ނުލައި އާޒިމް ނިންމީ އެއީ ސަރުކާރުން ރާވައިގެން ދިން ހަމަލާއެއް ކަމަށް!
މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ބައިވެރިވެވަޑައިގެންނެވި މުޒާހަރާއެއްގެ ތެރެއިން މީހަކު އޭނާއަށް ދިން ހަމަލާއަކީ ސަރުކާރުން ރާވައިގެން ކުރި ކަމެއް ކަމަށް އާޒިމް...
ފުރަތަމަ ކުއާޓަރުގައި ބީއެމްއެލްއިން ބޭރަށް 1.04 ބިލިޔަން ޑޮލަރު ފޮނުވި
މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ރާއްޖެއިން ބޭރަށް 1.04 ބިލިޔަން ޑޮލަރު ފޮނުވާފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ހާމަކޮށްފައެވެ. މި މުއްދަތުގައި ރާއްޖެއަށް...
ބަންކަރިން ޚިދުމަތާއެކު އެސްޓީއޯގެ ވިޔަފާރިއަށްވެސް ކުރިއެރުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އެސްޓީއޯގެ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓުން ދައްކާގޮތުގައި، އެކުންފުނީގެ އާމްދަނީއަށް ލިބުނު ބޮޑު ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ތެލުގެ...
