
ސިޓީތަކުގެ މޭޔަރުންނާއި ކައުންސިލަށް މެމްބަރުން އިންތިޚާބު ކުރުމުގެ އިތުރުން ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމާއިމެދު ފެންނަ ގޮތެއް ނިންމުމަށް ނަގާ ވޯޓުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވޯޓުލައްވައިފިއެވެ. އެމަނިކުފާނު ވޯޓުލެއްވީ، ލ. ފޮނަދޫގެ ރައްޔިތުން ވޯޓުލުމަށް ކަނޑައަޅާފައިވާ ފޮށްޓަށެވެ. މިއަދު ކުރިއަށްދާ އިންތިޚާބުގައި 294،876 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބެއެވެ. މިފަހަރުގެ އިންތިޚާބުތަކަށް ތިން ބާވަތެއްގެ ވޯޓު ކަރުދާސް ވަނީ ޗާޕްކޮށްފައެވެ. އެގޮތުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ޖުމުލަ 297,959 ވޯޓު ކަރުދާސް ޗާޕްކޮށްފައިވެއެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބަށް 292,706 ވޯޓު ކަރުދާހާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓަށް 298,180 ވޯޓު ކަރުދާސް ވަނީ ޗާޕުކޮށްފައެވެ.
މި އިންތިޚާބުތަކަށް މުޅި ޖުމްލަ 888,845 ވޯޓު ކަރުދާސް ޗާޕުކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ، މިއަދު ހެނދުނު 8:00އިން ހަވީރު 4:00 ޖެހުމާ ހަމައަށެވެ.
About Post Author
މާދަމާ ނިއުސް
މޭޔަރު އާޒިމް “މީޑިއާ ސްޓަންޓް” ނުޖައްސައި ލިޔުމުން މުއާމަލާތްތައް ކުރައްވަން މިނިސްޓަރު މުއްތަލިބް އެދިވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: މިހާރު) މާލޭ މޭޔަރު އާދަމް އާޒިމް ދައްކަވާ ވާހަކަތަކުގައި ހަގީގަތް އޮޅުވާލައްވާ ކަމަށް ވިދާޅުވެ، މީގެފަހުން މޭޔަރާ އެކު ކުރާ ހުރިހާ...
މާލޭގެ ރައްޔިތުންގެ ތަރައްޤީއަށް ހުރަސްއެޅުމުގެ ފުރަތަމަ ބޮޅު: މަސް މާރުކޭޓު އަޅާ ބިން ހަވާލުނުކުރަން ކައުންސިލުން ނިންމައިފި!
(ފޮޓޯ ކްރެޑިޓްސް: މިހާރު) މާލޭގެ އާ މަސް މާރުކޭޓު އެޅުމަށް ކަނޑައަޅާފައިވާ ބިން، ގާނޫނީ އިމުގެ ތެރެއިން ނޫނީ އިންފްރާސްޓްރަކްޗާ މިނިސްޓްރީއާ ހަވާލުނުކުރުމަށް މާލޭ...
ރާއްޖޭގެ އިޤްތިޞާދީ ދުވެލި ދެމެހެއްޓުމުގައި ފަތުރުވެރިކަން ކުރިއެރުމުގެ ދައުރު ބޮޑު
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީޢެލް) ރާއްޖޭގެ އިޤްތިޞާދު ހިފެހެއްޓުމުގައި ފަތުރުވެރިކަމުގެ ސިނާޢަތް މުހިންމު ދައުރެއް އަދާކުރާ ކަމަށް އައިއެމްއެފްއިން ފާހަގަކޮށްފިއެވެ. އެ އިދާރާއިން ނެރުނު ރިޕޯޓެއްގައިވާ...
މޭ މަހު ދަޅު މަސް ބޭރުކުރި މިންވަރު އިތުރު
(ފޮޓޯ ކްރެޑިޓްސް: މިފްކޯ) ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މޭ މަހު ރާއްޖެއިން ވަނީ 98 މިލިޔަން ރުފިޔާގެ މުދާ ބޭރުކޮށްފައެވެ. މީގެ ތެރެއިން އެންމެ...
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޓްރަމްޕްގެ އިންޒާރު އީރާނަށް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) އީރާނާއި އެމެރިކާއާ ދެމެދު ވެވުނު ތާރީޚީ އެއްބަސްވުމެއްގެ ދަށުން، ދެ ޤައުމުގެ ދެމެދުގައި އޮތް ހަނގުރާމަ ހުއްޓާލައި 60 ދުވަހުގެ...
ފަސްޓްލޭޑީ ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، "ބީ.އެމް.އެލް. ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް 2026" ރަސްމީކޮށް އިއްޔެ ހުޅުވައިދެއްވައިފިއެވެ. މާލޭ ސޯޝަލް...
