
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ސިޓީތަކުގެ މޭޔަރުންނާއި، ކައުންސިލަށް މެމްބަރުން އިންތިޚާބު ކުރުމުގެ އިތުރުން ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމާއިމެދު ފެންނަ ގޮތެއް ނިންމުމަށް ނަގާ ވޯޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވޯޓު ލައްވައިފިއެވެ. އެމަނިކުފާނު ވޯޓު ލެއްވީ މާފަންނު ދެކެނު ދާއިރާގެ މީހުން ވޯޓްލުމަށް ކަނޑައެޅިފައިވާ ވޯޓު ފޮއްޓަށެވެ. މިވޯޓު ފޮށި ބެހެއްޓިފައިވަނީ ތާޖުއްދީން ސުކޫލުގައިއެވެ. ވޯޓުލުމަށްފަހު މީޑިއާތަކާއި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވޯޓުލުމަކީ ކޮންމެ މީހަކަށްވެސް ލިބިފައިވާ ޤާނޫނީ ހައްޤަކަށްވާއިރު އެ ހައްޤު ކޮންމެ މީހަކުވެސް އަދާކުރުމަށް އިލްތިމާސްކޮށްފައެވެ.
ވޯޓުލުން މިއަދު ހެނދުނު 8 އިން ފެށިގެން ހަވީރު 4 ޖެހުމާއި ހަމައަށް ކުރިއަށް ދާނެއެވެ. އިލެކްޝަންސް ކޮމިޝަނުން 588 ވޯޓުލާ މަރުކަޒު މުޅި ރާއްޖޭގައި ވަނީ ގާއިމުކޮށްފައެވެ. އިންތިޚާބުގައި ވޯޓުލުމަށް ކޮންމެ މީހަކަށްވެސް ތިން ކަރުދާސްކޮޅު ދޭނެއެވެ. ކޮންމެ ކަރުދާހެއްވެސް ލާންޖެހޭނީ އެއިންތިޚާބަކަށް ޚާއްސަކޮށްފައިވާ ފޮއްޓަށެވެ. އިލެކްޝަންސް ކޮމިޝަނުން ކޮންމެ މަރުކަޒެއްގައިވެސް ވޯޓުލުމަށް ފަސޭހަ އިންތިޒާމުތަކެއް ވަނީ ހަމަޖައްސާފައެވެ.
About Post Author
މާދަމާ ނިއުސް
މޭޔަރު އާޒިމް “މީޑިއާ ސްޓަންޓް” ނުޖައްސައި ލިޔުމުން މުއާމަލާތްތައް ކުރައްވަން މިނިސްޓަރު މުއްތަލިބް އެދިވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: މިހާރު) މާލޭ މޭޔަރު އާދަމް އާޒިމް ދައްކަވާ ވާހަކަތަކުގައި ހަގީގަތް އޮޅުވާލައްވާ ކަމަށް ވިދާޅުވެ، މީގެފަހުން މޭޔަރާ އެކު ކުރާ ހުރިހާ...
މާލޭގެ ރައްޔިތުންގެ ތަރައްޤީއަށް ހުރަސްއެޅުމުގެ ފުރަތަމަ ބޮޅު: މަސް މާރުކޭޓު އަޅާ ބިން ހަވާލުނުކުރަން ކައުންސިލުން ނިންމައިފި!
(ފޮޓޯ ކްރެޑިޓްސް: މިހާރު) މާލޭގެ އާ މަސް މާރުކޭޓު އެޅުމަށް ކަނޑައަޅާފައިވާ ބިން، ގާނޫނީ އިމުގެ ތެރެއިން ނޫނީ އިންފްރާސްޓްރަކްޗާ މިނިސްޓްރީއާ ހަވާލުނުކުރުމަށް މާލޭ...
ރާއްޖޭގެ އިޤްތިޞާދީ ދުވެލި ދެމެހެއްޓުމުގައި ފަތުރުވެރިކަން ކުރިއެރުމުގެ ދައުރު ބޮޑު
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީޢެލް) ރާއްޖޭގެ އިޤްތިޞާދު ހިފެހެއްޓުމުގައި ފަތުރުވެރިކަމުގެ ސިނާޢަތް މުހިންމު ދައުރެއް އަދާކުރާ ކަމަށް އައިއެމްއެފްއިން ފާހަގަކޮށްފިއެވެ. އެ އިދާރާއިން ނެރުނު ރިޕޯޓެއްގައިވާ...
މޭ މަހު ދަޅު މަސް ބޭރުކުރި މިންވަރު އިތުރު
(ފޮޓޯ ކްރެޑިޓްސް: މިފްކޯ) ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މޭ މަހު ރާއްޖެއިން ވަނީ 98 މިލިޔަން ރުފިޔާގެ މުދާ ބޭރުކޮށްފައެވެ. މީގެ ތެރެއިން އެންމެ...
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޓްރަމްޕްގެ އިންޒާރު އީރާނަށް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) އީރާނާއި އެމެރިކާއާ ދެމެދު ވެވުނު ތާރީޚީ އެއްބަސްވުމެއްގެ ދަށުން، ދެ ޤައުމުގެ ދެމެދުގައި އޮތް ހަނގުރާމަ ހުއްޓާލައި 60 ދުވަހުގެ...
ފަސްޓްލޭޑީ ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، "ބީ.އެމް.އެލް. ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް 2026" ރަސްމީކޮށް އިއްޔެ ހުޅުވައިދެއްވައިފިއެވެ. މާލޭ ސޯޝަލް...
