Read Time:2 Minute, 27 Second

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)

 

 

އިންތިޚާބުތަކަކީ އަމާންކަމާއެކު ކުރިއަށްގެންދަންޖެހޭ ކަމަކަށްވާތީ، ވޯޓުލާ މަރުކަޒުތަކާއި އެ ސަރަހައްދުގައި އާންމުންނާއި ކެންޑިޑޭޓުން އަމަލުކުރަންޖެހޭ ޚާއްސަ ގަވާއިދުތަކެއް ގާނޫނުގައިވެއެވެ. އެގޮތުން ވޯޓުލާ ސަރަހައްދުގައި ކެންޑިޑޭޓުންގެ ފޮޓޯ، ޕޯސްޓަރު ނުވަތަ އެއްވެސް ނިޝާނެއް ބޭނުންކުރުމާއި، ވޯޓުލުމަށްފަހު އެ ސަރަހައްދުގައި މަޑުކުރުމަކީ މަނާކަމެކެވެ. މީގެ އިތުރުން ވޯޓުކަރުދާސް މަރުކަޒުން ބޭރަށް ގެންދިއުމާއި، އަޑާއި މަންޒަރު ރެކޯޑުކުރެވޭ ފަދަ ތަކެތި ވޯޓުލާ މަރުކަޒަށް ވެއްދުމަކީވެސް ގާނޫނީ ކުށެކެވެ.

 

 

އިންތިޚާބަށް ނުފޫޒު ފޯރުވުމާއި، އޮފިޝަލުންނަށް ބިރުދެއްކުމާއި، އެކަކަށްވުރެ ގިނަ ފަހަރު ވޯޓުލުމާއި، އެހެން މީހެއްގެ ނަމުގައި ވޯޓުލުމަކީ ބޮޑެތި އަދަބުތައް ކަނޑައެޅިފައިވާ ކުށްތަކެވެ. މިފަދަ ކަންކަން ކުރާ ފަރާތްތަކަށް ކުށުގެ ކުޑަބޮޑުމިނަށް ބަލައި، ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުމާއި ޖަލު ހުކުމް އަންނާނެއެވެ. އަދި ވޯޓު ފޮށްޓަށް ސައްހަ ވޯޓުކަރުދާސް ނޫން އެހެން އެއްޗެއް ލުމަކީވެސް އަދަބު ލިބޭނެ ކަމެކެވެ. އެހެންކަމުން، ނޭނގި ނަމަވެސް ގާނޫނާ ޚިލާފު ކަމެއް ކުރެވި އަދަބެއް ލިބުނަ ނުދިނުމަށްޓަކައި، ކޮންމެ ރައްޔިތަކުވެސް މި ކަންކަމަށް ސަމާލުވުމަކީ މުހިންމު ކަމެކެވެ.

About Post Author

މާދަމާ ނިއުސް

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %