
(ފޮޓޯ ކްރެޑިޓްސް: އިލެކްޝަންސް މޯލްޑިވްސް)
ރާއްޖޭގައި މިއަދު ކުރިއަށްދާ ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމާ މެދު އާންމުންގެ ޚިޔާލު ހޯދުމުގެ ވޯޓުލުން ހެނދުނު 8 އިން ހަވީރު 4 އަށް ކުރިއަށްދާނެއެވެ. މުޅި ރާއްޖޭގައި 588 ވޯޓު ފޮށި ބަހައްޓާފައިވާއިރު، ކޮންމެ މީހަކަށްވެސް ތިން ބާވަތެއްގެ ވޯޓު ކަރުދާސް ލިބޭނެއެވެ. ވޯޓުލާ މަރުކަޒަށް ވެއްދޭނީ އައިޑީ ކާޑާއި ނޫކުލައިގެ އާދައިގެ ގަލަމެއް އެކަނި ކަމަށްވާއިރު، ފޯނާއި ރެކޯޑުކުރެވޭ ފަދަ ތަކެތި ވެއްދުމަކީ މަނާކަމެކެވެ.
ވޯޓު ކަރުދާސްތައް ބަހާލާފައިވަނީ ސިޓީތަކާއި ރަށްރަށުގެ އާބާދީއަށް ބަލައިގެންނެވެ. ސިޓީތަކުގައި މޭޔަރާއި ކައުންސިލަރުންނަށް ވަކިން ވޯޓު ދޭންޖެހޭއިރު، ރަށްރަށުގެ ކައުންސިލްތަކަށް 2000 އަށްވުރެ ކުޑަ އާބާދީއެއްނަމަ 3 ކައުންސިލަރުން އަދި ބޮޑު އާބާދީއެއްނަމަ 5 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ. އާންމުންގެ ޚިޔާލު ހޯދުމުގެ ވޯޓު ކަރުދާހުގައި އޮންނާނީ އިންތިޚާބުތައް އެއްކޮށްލުމަށް ފެނޭތޯ ކުރާ ސުވާލަށް “އާނއެކެވެ” ނުވަތަ “ނޫނެކެވެ” ޖަވާބު ދިނުމެވެ. މި އިންތިޚާބުތަކަށް ޖުމްލަ 8 ލައްކައަށްވުރެ ގިނަ ވޯޓު ކަރުދާސް ޗާޕުކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއެވެ.
About Post Author
މާދަމާ ނިއުސް
މޭޔަރު އާޒިމް “މީޑިއާ ސްޓަންޓް” ނުޖައްސައި ލިޔުމުން މުއާމަލާތްތައް ކުރައްވަން މިނިސްޓަރު މުއްތަލިބް އެދިވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: މިހާރު) މާލޭ މޭޔަރު އާދަމް އާޒިމް ދައްކަވާ ވާހަކަތަކުގައި ހަގީގަތް އޮޅުވާލައްވާ ކަމަށް ވިދާޅުވެ، މީގެފަހުން މޭޔަރާ އެކު ކުރާ ހުރިހާ...
މާލޭގެ ރައްޔިތުންގެ ތަރައްޤީއަށް ހުރަސްއެޅުމުގެ ފުރަތަމަ ބޮޅު: މަސް މާރުކޭޓު އަޅާ ބިން ހަވާލުނުކުރަން ކައުންސިލުން ނިންމައިފި!
(ފޮޓޯ ކްރެޑިޓްސް: މިހާރު) މާލޭގެ އާ މަސް މާރުކޭޓު އެޅުމަށް ކަނޑައަޅާފައިވާ ބިން، ގާނޫނީ އިމުގެ ތެރެއިން ނޫނީ އިންފްރާސްޓްރަކްޗާ މިނިސްޓްރީއާ ހަވާލުނުކުރުމަށް މާލޭ...
ރާއްޖޭގެ އިޤްތިޞާދީ ދުވެލި ދެމެހެއްޓުމުގައި ފަތުރުވެރިކަން ކުރިއެރުމުގެ ދައުރު ބޮޑު
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީޢެލް) ރާއްޖޭގެ އިޤްތިޞާދު ހިފެހެއްޓުމުގައި ފަތުރުވެރިކަމުގެ ސިނާޢަތް މުހިންމު ދައުރެއް އަދާކުރާ ކަމަށް އައިއެމްއެފްއިން ފާހަގަކޮށްފިއެވެ. އެ އިދާރާއިން ނެރުނު ރިޕޯޓެއްގައިވާ...
މޭ މަހު ދަޅު މަސް ބޭރުކުރި މިންވަރު އިތުރު
(ފޮޓޯ ކްރެޑިޓްސް: މިފްކޯ) ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މޭ މަހު ރާއްޖެއިން ވަނީ 98 މިލިޔަން ރުފިޔާގެ މުދާ ބޭރުކޮށްފައެވެ. މީގެ ތެރެއިން އެންމެ...
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޓްރަމްޕްގެ އިންޒާރު އީރާނަށް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) އީރާނާއި އެމެރިކާއާ ދެމެދު ވެވުނު ތާރީޚީ އެއްބަސްވުމެއްގެ ދަށުން، ދެ ޤައުމުގެ ދެމެދުގައި އޮތް ހަނގުރާމަ ހުއްޓާލައި 60 ދުވަހުގެ...
ފަސްޓްލޭޑީ ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، "ބީ.އެމް.އެލް. ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް 2026" ރަސްމީކޮށް އިއްޔެ ހުޅުވައިދެއްވައިފިއެވެ. މާލޭ ސޯޝަލް...
