
ހުޅުމާލޭގެ 901 އަކަފޫޓަށް ވުރެ ބޮޑެތި ގޯތިތަކުގައި 10 ބުރިއަށް (30.5 މީޓަރު) އިމާރާތް ކުރެވޭ ގޮތަށް ހުޅުމާލޭގެ ޑިވެލޮޕްމަންޓް ކޮންޓްރޯލް ގަވާއިދު އިސްލާހުކޮށްފިއެވެ. ނަމަވެސް، އެއާޕޯޓާ ކައިރި ނެއިބަހުޑް 9 އެއްގައި އެންމެ އުސްކޮށް އިމާރާތް ކުރެވޭނީ 18.5 މީޓަރަށެވެ.
އާ ގަވާއިދުގައިވާ ގޮތުން އިމާރާތް ކުރެވޭނެ އުސްމިން ކަނޑައަޅާފައިވަނީ ބިމުގެ ބޮޑުމިނަށް ބަލައިގެންނެވެ. އެގޮތުން 400 އަކަފޫޓަށް ވުރެ ކުޑަ ބިންތަކުގައި އެއް ފަންގިފިލާއަށް އިމާރާތް ކުރެވޭއިރު، ބިމުގެ ބޮޑުމިން އިތުރުވާ ވަރަކަށް ފަންގިފިލާގެ އަދަދު އިތުރުކުރެވޭނެއެވެ. 18.5 މީޓަރަށް ވުރެ އުސްކޮށް ހަދާ އިމާރާތްތަކުގެ ގްރައުންޑް ފްލޯ ޕާކިންއަށް ހާއްސަކުރަން ޖެހޭއިރު، ފުރަތަމަ ފަންގިފިލާ ބޭނުންކުރަން ޖެހޭނީ ދިރިއުޅުން ނޫން އެހެން ބޭނުންތަކަށެވެ. އަދި ބޭސްމަންޓެއް ހަދައި އެތަން ޕާކިންއަށް ހާއްސަކުރާ ނަމަ ގްރައުންޑް ފްލޯ އެހެން ބޭނުންތަކަށް ބޭނުންކުރުމުގެ ފުރުސަތު ލިބޭނެއެވެ.
އިމާރާތް ކުރުމުގެ ކުރިން އެޗްޑީސީން ކުރެހުން ފާސްކޮށް ހުއްދަ ހޯދަން ޖެހޭއިރު، ގޯތީގެ އިން ވަކިކުރުމުގެ މަސައްކަތްވެސް އެޗްޑީސީން ކޮށްދޭނެއެވެ. މީގެ އިތުރުން، ދިރިއުޅުމަށް ދޫކޮށްފައިވާ މި ބިންތަކުގައި ސިނާއީ މަސައްކަތް ކުރުމާއި، ނުރައްކާތެރި ތަކެތި ރައްކާކުރުމާއި، އާންމުންނަށް އުނދަގޫވާ ފަދަ ކަންކަން ކުރުން ވަނީ މަނާކޮށްފައެވެ. އަދި އިމާރާތްތަކުގައި ވިޔަފާރި ކުރާ ތަންތަން ހަދާއިރު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހައިން ވަދެނިކުމެވޭނެ އިންތިޒާމު ހުންނަން ޖެހޭނެ ކަމަށްވެސް ގަވާއިދުގައި ބުނެފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
