
އިމާރާތްކުރުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށް ދަނީ
ބްލޫ ލެގޫން ލަގްޒަރީ ރެސިޑެންސަސްގެ ފައުންޑޭޝަންގެ ގާތްގަނޑަކަށް %50 މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މަޝްރޫޢުގެ މަސައްކަތްތައް ތާވަލާ އެއްގޮތަށް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާއިރު، އެންމެ ފެންވަރު ރަނގަޅު ބައެއް ޔުނިޓްތައް އަދިވެސް ބައްލަވައިގަތުމުގެ ފުރުސަތު އެބައޮތެވެ. ނަމަވެސް މި އެޕާޓްމަންޓްތަކަށް އޮތް ޑިމާންޑް ބޮޑުކަމުން، 2026 ޖޫން މަހު ފުރަތަމަ ފަންގިފިލާގެ ސްލެބް އަޅަންވާއިރަށް، އެންމެ ހިތްގައިމު ޔުނިޓްތައް ބުކްކޮށް ނިމޭނެ ކަމަށް ލަފާކުރެވެއެވެ.
ދުނިޔޭގެ ބާޒާރުގެ ބަދަލުތަކާއެކު އަގުތައް އުފުލުމުގެ ފުރުސަތު
ދުނިޔޭގެ ސިޔާސީ މަސްރަޙަށް އަންނަ ބަދަލުތަކާއެކު ތެލުގެ އަގު އުފުލި، ޢިމާރާތްކުރުމަށް ބޭނުންވާ ދަގަނޑާއި، ސިމެންތި އަދި ފިނިޝިން ސާމާނުގެ އަގުތައް މުޅި ދުނިޔޭގައިވެސް އުފުލޭނެ ކަމަށް ބެލެވެއެވެ. އެހެންކަމުން، ބާޒާރުގެ އަގުތަކަށް ބަދަލު އައުމުގެ ކުރިން، މިއަދުގެ އަގުތަކުގައި ބްލޫ ލެގޫންއިން ރެސިޑެންސެއް ކަށަވަރުކުރުމަކީ އިންވެސްޓަރުންނާއި ގެދޮރު ގަންނަން ބޭނުންވާ ފަރާތްތަކަށް ލިބޭނެ އެންމެ ބުއްދިވެރި ފުރުސަތެވެ.
‘އާލީ ބާޑް’ އަގުތަކުގެ މުއްދަތު އިތުރުކުރުން
ބްލޫ ލެގޫންއިން ދެމުންގެންދާ ‘އާލީ ބާޑް’ ޑިސްކައުންޓް އަގުތަކުގެ މުއްދަތު މިހާރު ވަނީ މާރިޗު 31 ގެ ނިޔަލަށް އިތުރުކޮށްފައެވެ. މިއީ ފިތުރު އީދު ބަންދާ ގުޅިގެން ބޭންކުތައް ބަންދުވުމުން، ލޯނުގެ ކަންކަން ހަމަޖެއްސުމަށް ކަސްޓަމަރުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ނިންމި ނިންމުމެކެވެ. މިއީ ތަޢާރަފްކުރި އަގުގައި އެޕާޓްމަންޓެއް ބައްލަވައިގަތުމަށް ލިބޭނެ އެންމެ ފަހު ފުރުސަތެވެ.
ލިބެން ހުރި އެޕާޓްމަންޓްތަކުގެ ތަފްސީލު
2 ކޮޓަރީގެ އެޕާޓްމަންޓް (1035 އަކަފޫޓު): 4.02 މިލިއަން ރުފިޔާއިން ފެށިގެން
2 ކޮޓަރީގެ ލަގްޒަރީ އެޕާޓްމަންޓް (1280 އަކަފޫޓު): 4.25 މިލިއަން ރުފިޔާއިންް
2 + 1 ކޮޓަރީގެ އެޕާޓްމަންޓް (1340 އަކަފޫޓު): 5.57 މިލިއަން ރުފިޔާއިން ފެށިގެން
3 ކޮޓަރީގެ ރެސިޑެންސް (1815-1875 އަކަފޫޓު): 7.49 މިލިއަން ރުފިޔާއިން ފެށިގެން
ދުނިޔޭގެ މަޝްހޫރު ‘ހަފީޒް ކޮންޓްރެކްޓަރ’ އިން ފަރުމާކޮށްފައިވާ މި ރެސިޑެންސްތަކަކީ ހުޅުމާލޭގައި މިހާރު ލިބެން ހުރި އެންމެ ޖާގަ ތަނަވަސް، ވައި ދައުރުވާ އަދި ގުދުރަތީ އަލި ލިބޭނެހެން ފަރުމާކޮށްފައިވާ އެންމެ ފެންވަރު ރަނގަޅު ބިނާލިތަކެވެ.
މެރީނާ ސަރަޙައްދުގެ ޚާއްޞަ ބިނާއެއް
‘ކޮރަލް’ އަދި ‘ޕާލް’ ގެ ނަމުން ނަންދެވިފައިވާ 18 ބުރީގެ މި ދެ ޓަވަރު ހިމެނޭ ބްލޫ ލެގޫން އަކީ ހުޅުމާލެ ފޭސް 2 ގެ މެރީނާ ސަރަޙައްދުގެ އެންމެ ހިތްގައިމު ލޮކޭޝަނެވެ. މި މަޝްރޫޢުގައި ހިމެނޭ ތިން ބުރީގެ ރީޓެއިލް މޯލްގެ ސަބަބުން، ދިރިއުޅުމަށް ބޭނުންވާ ހުރިހާ ޚިދުމަތްތަކެއް އެއް ފުރާޅެއްގެ ދަށުން ލިބިގެންދާނެއެވެ.
މަތީ ފެންވަރުގެ އަދި ހިތްފަސޭހަ ދިރިއުޅުމެއް
ބްލޫ ލެގޫންއަކީ އަމިއްލަ މިނިވަންކަމާއި ޒަމާނީ ދިރިއުޅުމުގެ ފުރިހަމަ މިސާލެކެވެ.
* ކޮންމެ ފަންގިފިލާއެއްގެ ލޮބީއަކުން ވަދެވޭނީ 4 އެޕާޓްމަންޓްތަކަކަށް ކަމުން، އަމިއްލަވަންތަކަން ކަށަވަރުވެއެވެ.
* 16،500 އަކަފޫޓުގެ ޚާއްޞަ ކްލަބްހައުސް: މީގެ ތެރޭގައި 4500 އަކަފޫޓްގެ ޕާކާއި، ކުޑަކުދިން ކުޅޭ ސަރަޙައްދާއި، ޕްރައިވެޓް ތިއޭޓަރާއި، ޖިމް ފަދަ ވަޞީލަތްތައް ހިމެނެއެވެ.
* 18ވަނަ ފަންގިފިލާގައި ހުންނަ 24,000 އަކަފޫޓުގެ ޓެރަސް ގާޑަން: ރާއްޖޭގެ އެންމެ ބޮޑު މި ޓެރަސް ގާޑަންގައި ޖޮގިންގ ޓްރެކާއި ބޮޑު ފަތާ ފެންގަނޑެއް ހިމެނެއެވެ.
ލަސްނުކުރައްވާ، މިއަދުވެސް ބުކް ކުރައްވާ
ދުނިޔޭގެ ބާޒާރުގެ އަގުތައް އުފުލެމުންދާތީއާއި، ‘އާލީ ބާޑް’ އަގުތަކުގެ މުއްދަތު މި މަހުގެ ނިޔަލަށް ހަމަވާތީ، މިއީ އެންމެ ހެޔޮ އަގުގައި ތަނަވަސް އެޕާޓްމަންޓެއް ހޯދުމަށް ލިބޭނެ ރަނގަޅު ފުރުސަތެކެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށާއި ސޭލްސް އޮފީހަށް އެޕޮއިންޓްމަންޓް ހެއްދެވުމަށް 9532525 އަށް ގުޅުއްވާށެވެ.
About Post Author
މާދަމާ ނިއުސް
ސީ-ޓު-އެއަރ ކާގޯ: މިދިޔަ މަހު 7 ޤައުމަކަށް 162 ޓަނުގެ މުދާ
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިދިޔަ މޭ މަހު ރާއްޖޭގެ ސީ-ޓު-އެއަރ ކާގޯ ޚިދުމަތް މެދުވެރިކޮށް 5 އެއާލައިނެއްގައި 7 ޤައުމަކަށް 162 ޓަނުގެ މުދާ...
މިފްކޯއަށް މިއަދު މަސް ގަންނަނީ 20ރ. އަށް
(ފޮޓޯ ކްރެޑިޓްސް: މަސްވެރިކަމާބެހޭ ވުޒާރާ) މިދުވަސްވަރު ރާއްޖޭގެ މަސްވެރިކަން ދަށްވުމާ ގުޅިގެން މަހުގެ ޑިމާންޑް އިތުރުވެ، މިފްކޯއިން މަސް ގަންނަ އަގު ކިލޯއަކަށް 20...
އޮސްޓްރޭލިއާ ފަތުރުވެރިންގެ އަދަދު މައްޗަށް
އޮސްޓްރޭލިއާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު %16 އިތުރުވެ، އެ ގައުމު މިހާރު ވަނީ ރާއްޖޭގެ މާކެޓުގެ 9 ވަނައަށް...
މިފްކޯގެ ސީއީއޯ ގދ.ތިނަދޫ މަސްވެރިންނާ ބައްދަލުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: މިފްކޯ) މިފްކޯގެ ސީއީއޯ މުޙައްމަދު އަނަސް ތިނަދޫ ސިޓީގެ މަސްވެރިންނާ ބައްދަލުކުރައްވައި، އެފަރާތްތަކުގެ ކަންބޮޑުވުންތައް އޮޅުންފިލުއްވައިފިއެވެ. މި ޒިޔާރަތަކީ މިފްކޯގެ މަރުކަޒުތަކުގެ...
“ކަނޑުތަކުގެ ދިރާސާކޮށް ދެމެހެއްޓެނެވި ގޮތެއްގައި އިޤްތިޞާދު ސިންދަފާތުކުރަންޖެހޭ”
(ފޮޓޯ ކްރެޑިޓްސް: މަސްވެރިކަމާއިބެހޭ ވުޒާރާ) މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދުގެ މައިނާރެހަކީ ކަނޑުތައް ކަމަށްވީނަމަވެސް، މޫސުމަށް...
މާލީ ވަޒީރަކަށް ޙަސަން ޒަރީރު ޢައްޔަންކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބޭހޭ ވަޒީރުގެ މަޤާމަށް ޙަސަން ޒަރީރު މިއަދު...
