
ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ޤާނޫނުއަސާސީއަށް ގެންނަ އިޞްލާޙާ ގުޅޭގޮތުން ނަގާ ފެންނަ ނުފެންނަ ވޯޓަކީ ޣައިރު ދުސްތޫރީ ކަމެއް ކަމަށް ކުރީގެ އުއްތަމަފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވަނީ ބުނެފައެވެ. އޭނާ ފާހަގަކުރި ގޮތުގައި މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާ ބާއްވައިގެން ގެންނަ މިފަދަ އިޞްލާޙުތަކަކީ ޤާނޫނީ ބާރެއް އޮންނާނެ ކަންކަމެއް ނޫނެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ކުރައްވާފައިވާ ސުވާލުގެ އިބާރާތް ހުރިގޮތުން، އެއީ ޤާނޫނުއަސާސީ ތަޞައްވުރުކުރާ ފަދަ ސުވާލެއް ނޫން ކަމަށްވެސް އޭނާ ބުންޏެވެ.
ނަމަވެސް، ޤާނޫނުއަސާސީ އިޞްލާޙުކުރުމަކީ މަޖިލީހަށް ލިބިދޭ ބާރަކަށްވާއިރު، ވަކި ކަންކަމުގައި ރައްޔިތުންގެ ލަފާ ހޯދުމަށް ވޯޓު ނެގުމަކީ ލާޒިމް ކަމެކެވެ. ރައްޔިތުންނާ ކުރެވޭ ސުވާލުގެ ޖަވާބުން އެކަމަށް ރައްޔިތުން ރުހޭކަން ނުވަތަ ނޫންކަން ސާފުވާނެއެވެ. ޑރ. ދީދީގެ ފާޑުކިޔުންތަކަށް ބަލާއިރު، އޭނާގެ ފަނޑިޔާރުކަމުގެ މާޒީގައި ނެރުނު ބައެއް އަމުރުތަކާއި، ޤާނޫނާ ޚިލާފުވި ކަމަށް ބުނާ މައްސަލަތަކުގެ ސަބަބުން މަޖިލީހުން އޭނާ މަޤާމުން ވަކިކޮށްފައިވާކަން ފާހަގަކުރެވެއެވެ. މީގެ ކުރިން ޤާނޫނުއަސާސީއަށް ގެނެވުނު ބައެއް ބޮޑެތި އިޞްލާޙުތަކާ މެދު އޭނާ އެއްވެސް އެއްޗެއް ބުނެފައި ނުވާއިރު، މިހާރު ދައްކާ ވާހަކަތަކަކީ ސިޔާސީ މަޤްޞަދެއް އޮތް ކަމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ދެކެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
