
(ފޮޓޯ ކްރެޑިޓްސް: ބިނާރާބެހޭ ވުޒާރާ)
ޒަމާނީ ފެންވަރަށް ސަލްޓަން ޕާކު ތަރައްޤީކުރުމުގެ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްލަވާލައްވައިފިއެވެ. އެމްއެންޑީއެފް އާއި އާރްޑީސީ ގުޅިގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ ދަށުން ޕާކުގެ ވޯކްވޭތަކާއި، ޓްރީހައުސް އަދި ކުޑަކުދިން ކުޅޭ ސަރަޙައްދުތައް މަރާމާތުކޮށް، ސީސީޓީވީ ކެމެރާތައް ވަނީ އިތުރަށް ހަރުދަނާކޮށްފައެވެ. މީގެ އިތުރުން ފަހުގެ ޓެކްނޮލޮޖީއާއެކު އޯވަރހެންޑް އޮބްސްޓެކްލް ކޯރސް އާއި ޝޫޓިންގ ރޭންޖް ފަދަ އާ ވަސީލަތްތައް ވެސް ވަނީ ޤާއިމުކޮށްފައެވެ.
މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފިޠުރު ޢީދުގެ ހަރަކާތްތަކަށް ޕާކު ތައްޔާރުކޮށްފައިވާ ގޮތް ބައްލަވާލައްވައި، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ މާޙައުލެއް ލިބޭނެހެން މި ސަރަޙައްދު އިތުރަށް ތަރައްޤީކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. ސަލްޓަން ޕާކަކީ ރައީސް މުޢިއްޒު ހައުސިންގ މިނިސްޓަރުކަމުގައި ހުންނެވިއިރު ބޮޑެތި ބަދަލުތަކަކާއެކު ތަރައްޤީކުރެއްވި ތަނެއް ނަމަވެސް، ވޭތުވެދިޔަ ސަރުކާރުގައި އެތަނުގެ ނަން ބަދަލުކުރުން ފިޔަވައި އިތުރު އާބާތުރަ ފިލުވުމުގެ މަސައްކަތެއް ކޮށްފައި ނުވާކަން ފާހަގަކުރެވެއެވެ. މިހާރު މި ޕާކު ވަނީ ޢީދުގެ ހަރަކާތްތަކާއެކު އާންމުންނަށް ހުޅުވާލާފައެވެ.
About Post Author
މާދަމާ ނިއުސް
“ސިޔާސީ ބަދަލުހިފުމުގެ ރޫހުގެ އަޅުވެތިކަމުން ޤައުމު މިނިވަންކުރެވިއްޖެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މީގެކުރިން ރާއްޖޭގައި...
އަޒުމަކަށްވާންވީ ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ރިވެތި އާދަތައް އަށަގެންނެވުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކޮންމެ ދިވެހި ރައްޔިތެއްގެ ކިބައިގައިވެސް ނަޒާހަތްތެރިކަމާއި، އަމާނާތްތެރިކަމާއި، ވަފާތެރިކަން ފަދަ ރިވެތި ސިފަތައް އަށަގެންނެވުމަށް...
ޤައުމީ ލޯބި އިސްކޮށް، ބަދަހި ގުޅުމެއް އޮތުން މުހިއްމު: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، ކާބަފައިން ހޯދައިދިން...
“އެންމެ އިސް ވާޖިބަކީ ކާބަފައިންގެ ޤުރުބާނީ ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުން”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮނުއްވި މެސެޖުގައި، މިނިވަންކަމުގެ ނިޢުމަތް...
“2028ގެ މިނިވަން ދުވަހާ ހަމައަށް ގިނަ މަޝްރޫޢުތަކެއް ނިންމާލެވޭނެ”
2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވަރުގެ ދަށުން، 2028 އަކީ...
ދުންފަތުން މީހުން ސަލާމަތްކުރަން އެހީވެދޭ ފަރާތްތަކަށް ޤައުމީ އިނާމު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުންފަތުގެ ނުރައްކަލުން މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށްޓަކައި، އަންނަ އަހަރުން ފެށިގެން ޚާއްސަ ޤައުމީ އިނާމެއް ދޭން...
