
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރާއްޖެއަށް މިދުވަސްވަރު ހޫނުގަދަވަމުންދާތީ، އިރުގެ ހޫނުން ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްތިމާސްކޮށްފައެވެ. މޫސުމާބެހޭ އިދާރާއިން ހާމަކުރާ ގޮތުގައި މާރިޗު އަދި އޭޕްރީލް މަހަކީ އަހަރުގެ އެންމެ ހޫނުގަދަ ދުވަސްވަރެވެ. މި ދުވަސްވަރު ވައި މަޑުވެފައި ތެއްކަން މަތިވުމުގެ ސަބަބުން، އާންމު ހޫނުމިނަށްވުރެ އިހުސާސްކުރެވޭ ހޫނުމިން އިތުރަށް މަތިވެއެވެ. ހޫނުގެ ސަބަބުން އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވަނީ ތުއްތު ކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، މާބަނޑު މީހުންގެ އިތުރުން ދާއިމީ ބަލިތަކަށް ފަރުވާކުރާ މީހުންނަށެވެ. ކުޑަކުދިންގެ ހަށިގަނޑު ހުންނަ ގޮތުން ހޫނު ދަމައިގަންނަ މިންވަރު އަވަސްވެފައި، ހޫނުގެ ސަބަބުން ‘ހީޓް ސްޓްރޯކް’ ޖެހި، ހޭނެތުމާއި ފިޓްޖެހުން ފަދަ ނުރައްކާތެރި ހާލަތްތައް މެދުވެރިވެދާނެ ކަމަށް ޑޮކްޓަރުން އިންޒާރުދެއެވެ.
ރައްކާތެރިވުމުގެ ގޮތުން ހެނދުނު 10 އަކުން ހަވީރު 4 އަކަށް ސީދާ އަވީގައި އުޅުން މަދުކުރުމަށާއި، ގިނައިން ދިޔާ ތަކެތި ބޭނުންކުރުމަށް އެޗްޕީއޭއިން އިރުޝާދުދެއެވެ. އަދި ކުޑަކުދިންނަށް ދޫ، ތުނި ހެދުން ލެއްވުމަށާއި، ގާތުން ކިރުދޭ ކުދިންނަށް ގަވާއިދުން ކިރު ދިނުމަކީ މުހިންމު ކަމެކެވެ. މީގެ އިތުރުން، މިދުވަސްވަރު ތުއްތު ކުދިން އަވީގައި ޖެއްސުމަކީ ރައްކާތެރިކަމެއް ނޫންކަންވެސް ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
