
އީރާނުން އިޒްރޭލާއި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ދޭ ރައްދު ހަމަލާތަކުގެ ތެރެއިން، ފޯޅަވަހީގައި ހުންނަ އެމެރިކާ އާއި އިނގިރޭސިވިލާތުގެ މަރުކަޒަށް ދެ މިސައިލް ފޮނުވާލާފައިވާ ކަމަށް ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓްކޮށްފިއެވެ. އީރާނުން ފޮނުވާލި ދުރު ރާސްތާގެ މިސައިލްތަކުގެ ތެރެއިން އެކަތި ޓެކްނިކަލް މައްސަލައަކާ ހުރެ ވެއްޓުނު އިރު، އަނެއް މިސައިލް ހުއްޓުވަން އެމެރިކާގެ މަނަވަރަކުން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބުވި ކަމެއް ސާފެއް ނޫނެވެ. މި ހަމަލާއާ ގުޅިގެން އީރާނުންނާއި އެމެރިކާއިން އަދި ރަސްމީކޮށް އެއްޗެއް ބުނެފައި ނުވި ނަމަވެސް، 4،000 ކިލޯމީޓަރު ދުރުގައި އޮންނަ ފޯޅަވައްސަށް ހަމަލާ ދިނުމަކީ އީރާނުގެ މިސައިލް ގާބިލްކަން އިތުރުވެފައިވާ މިންވަރު ހާމަވާ ކަމެއް ކަމަށް ބެލެވެއެވެ. އިނގިރޭސިވިލާތުން ވަނީ އީރާނުގެ މިސައިލް ޑިފެންސަށް ހަމަލާދީ ދިފާއުވުމަށް ފޯޅަވަހި ބޭނުންކުރުމުގެ ހުއްދަ އެމެރިކާއަށް ދީފައެވެ. އީރާނާއި އިޒްރޭލް-އެމެރިކާ ގުޅިގެން ހިންގާ މި ހަނގުރާމައިގައި މިހާތަނަށް 1،300 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، އީރާނުން ދަނީ މެދުއިރުމަތީގެ އެކި ގައުމުތަކުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ހަމަލާ ދެމުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
