
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީންގެ ހަމަލާއެއްގައި އީރާނުގެ ގައުމީ ސަލާމަތާ ބެހޭ ވެރިޔާ އަލީ ލަރިޖާނީ ވަނީ ޝަހީދުވެފައެވެ. އޭނާ ޝަހީދުވެފައި މިވަނީ، މިދިޔަ ފެބުރުއަރީ މަހުން ފެށިގެން އެމެރިކާއާއި ޔަހޫދީން ގުޅިގެން އީރާނަށް ދެމުންދާ ހަމަލާތަކުގައި އެގައުމުގެ ރޫހީ ވެރިޔާ އާޔަތުالله އަލީ ޚާމަނާއީއާއި އޭނާގެ އާއިލާގެ މެންބަރުން ޝަހީދުކޮށްލާފައިވާ ދަނޑިވަޅެއްގައެވެ. ލަރިޖާނީއަކީ ޚާމަނާއީ އަވަހާރަވި ފަހުން ޝަހީދުކޮށްލި އީރާނު ސަރުކާރުގެ އެންމެ އިސް މެންބަރެވެ. ލަރިޖާނީއަކީ އީރާނުގެ ގާނޫނުހަދާ މަޖިލީހުގެ ރައީސްކަމާއި، ނިއުކްލިއަރ މަޝްވަރާތަކުގެ އިސް މަންދޫބުކަން ފަދަ ނުފޫޒުގަދަ މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އިރާގަށް އުފަން، ދީނީ އިލްމުވެރި އާއިލާއަކަށް ނިސްބަތްވާ ލަރިޖާނީއަކީ ފަލްސަފާގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ސިޔާސީ މައިދާނުގައި ފާހަގަކުރެވިފައިވަނީ މަޑުމައިތުރު ބޭފުޅެއްގެ ގޮތުގައި ނަމަވެސް، އިސްލާމީ އިންގިލާބީ ލަޝްކަރުގެ ކޮމާންޑަރުންނާއި ޚާމަނާއީ ޝަހީދުކޮށްލުމާ ގުޅިގެން އޭނާގެ ރާގު ބަދަލުވެ، އެމެރިކާއާއި ޔަހޫދީންނަށް ވަރުގަދަ އިންޒާރުތަކެއް ދެއްވަމުން ގެންދެވިއެވެ.
2025 ވަނަ އަހަރު އަލުން ގައުމީ ސަލާމަތާ ބެހޭ ކައުންސިލްގެ ސެކްރެޓަރީގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ބައިނަލްއަގުވާމީ އެޓޮމިކް ހަކަތައާ ބެހޭ އެޖެންސީއާ އޮތް ގުޅުން ކަނޑާލައްވައި، ހުޅަނގުގެ ނުފޫޒާ ދެކޮޅަށް އޭނާ ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅުއްވާފައެވެ. ޝަހީދުވުމާ ހަމައަށް ވެސް ލަރިޖާނީ ހުންނެވީ އެމެރިކާއާއި ޔަހޫދީންގެ އުދުވާނުތަކަށް ރައްދު ދިނުމުގެ އެންމެ އިސް ސަފުގައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
