
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ތުރުކީވިލާތުގެ ބޯޓެއް ހުރުމުޒް ކަނޑުއޮޅި ހުރަސްކުރުމުގެ ހުއްދަ އީރާނުން ދީފައިވާ ކަމަށް ތުރުކީވިލާތުން ބުނެފިއެވެ. ހުސްވި ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާ ގުޅިގެން އެމެރިކާއިން ވަނީ އީރާނަށް ޙަމަލާ ދޭން ފަށައިފައެވެ. އޭގެ ރައްދުގައި އީރާނުން ދަނީ ޔަހޫދީ ދައުލަތަށާއި، މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އަސްކަރީ މަޒުކަޒުތަކަށާއި މުދަލަށް އަމާޒުކޮށް ވަރުގަދަ ޙަމަލާތައް ދެމުންނެވެ. އަދި ގޭހާއި ގުދުރަތީ ގޭސް އުފުލުމަށް ބޭނުންކުރާ މައި މަގެއް ކަމަށްވާ ހުރުމުޒް ކަނޑުއޮޅި އީރާނުން ވަނީ ބަންދުކޮށްފައެވެ. އެއާއެކު އެ ސަރަޙައްދުގައި އެތައް ސަތޭކަ އުޅަނދެއް ތާށިވެ، މިއިން ޒަމާނަކު ނުއުފުލޭ ވަރަށް ތެލުގެ އަގުތައް ދަނީ އުފުލެމުންނެވެ.
ތުރުކީވިލާތުގެ ދަތުރުފަތުރާ ބެހޭ ވަޒީރު، އަބްދުލްކާދިރު އުރަަލޮގްލު ވިދާޅުވީ ތުރުކީވިލާތުގެ 15 އުޅަނދެއް ހުރުމުޒް ކަނޑުއޮޅީގައި ތާާށިވެފައިވާ ކަމަށެވެ. ނަމަވެސް އީރާނުގެ ޙުއްދައާއެކު އޭގެ ތެރެއިން އެއް އުޅަނދަށް ރައްކާތެރިކަމާއެކު އެ ކަނޑުއޮޅި ހުރަސްކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ގަލްފް ސަރަޙައްދާއި އިންޑިޔާ ކަނޑާ ގުޅުވައިދޭ ހުރުމުޒް ކަނޑުއޮޅިއަކީ އެ މަގެއް މެދުވެރިކޮށް ދުނިޔެއަށް ބޭނުންވާ ތެލުގެ 20 އިންސައްތަ އުފުލާ މަގެވެ. ހަނގުރާމައިގެ މި ޙާލަތުގައި އެ ކަނޑުއޮޅި ހުރަސް ކުރުމަށް މަސައްކަތް ކުރުމަށް މަސައްކަތް ކުރާ އުޅަނދު ފަހަރަށް އީރާނުން ޙަމަލާ ދެމުންދާއިރު، މި ޙާލަތުގައި އެ ކަނޑުއޮޅި ބޭނުން ކުރެވެނީ އީރާނުން ޙުއްދަދޭ އުޅަނދުތަކަށް އެކަންޏެވެ. ހަނގުރާމަ ފެށުނު ފަހުން ހުރުމުޒް ކަނޑުއޮޅި މެދުވެރިކޮށް އީރާނުން 11.7 މިލިއަން ފީފާ ސާފުނުކުރާ ތެޔޮ ބޭރުކޮށްފައިވާކަމަށް ޓޭންކަރުތަކުގެ މަޢުލޫމާތު ބަލަހައްޓާ ޖަމްޢިއްޔާ ޓެންކަރޓްރެކަރ އިން ބުނެއެވެ.
ހުރުމުޒް ކަނޑުއޮޅިން ދަތުރު ކުރުމަށް ހުރަސްއަޅާނެ ކަމަށް އީރާނުން ބުނުމާއެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެ ކަނޑުއޮޅި ހުރަސް ކުރުމަށް ތެޔޮ ޓޭންކަރުތަކަށް އެމެރިކާގެ ކަނޑުގެ ސިފައިން އެހީތެރިވާނެ ކަމަށާއި، އެ ކަނޑުއޮޅިން ދަތުރުކުރާއިރު އެ އުޅަނދުތަކަށް ހިމާޔަތް ދިނުމަށް، އުޅަނދުތަކާއެކު އެމެރިކާގެ މަނަވަރުތައް ދަތުރުކުރާނެ އިންތިޒާމް ހަމަޖައްސަވައިދެއްވާނެ ކަަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. ނަމަވެސް މި ވަގުތު އެ ގޮތަށް ޢަމަލުކުރުމަކީ ރައްކާތެރި ކަމެެއް ނޫން ކަމަށާއި، ޙަމަލާގެ ނުރައްކާ މާ ބޮޑު ކަމަށް އެމެރިކާގެ ކަނޑުގެ ސިފައިން ދަނީ ބުނަމުންނެވެ. ތެޔޮ ޓޭންކަރުތަކާއެކު މަނަވަރުތަކަށް ދަތުރުކުރެވޭނީ ޙަމަލާގެ ނުރައްކާ ކުޑަވުމުން އެކަނި ކަމަށް ވެސް އެމެރިކާގެ ނޭވީއިން ބުނެފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
