
(ފޮޓޯ ކްރެޑިޓްސް: ސްރީލަންކާ ނޭވީ)
650 ކިލޯގެ މަސްތުވާތަކެެއްޗާއި ގިނަ ޢަދަދެއްގެ ހަތިޔާރު ހުރި މަސް ދޯނިތަކެއް ސްރީ ލަންކާގެ ކަނޑުގެ ސިފައިން އަތުލައިގެންފިއެވެ. މިއީ ލަންކާ ސިފައިން ކަނޑުމަތިން މިހާތަނަށް ހަތިޔާރު އެންމެ ގިނައިން އަތުލައިގަތް ފަހަރެވެ. ސްރީ ލަންކާގެ ނޭވީ އިން ބުނީ އެ އުޅަނދުތައް ހިފަހައްޓާފައި ވަނީ ކަނޑުމަތީގެ ޚާއްޞަ ޤަައުމީ އޮޕަރޭޝަނެއް ކަމަށްވާ “އަ ނޭޝަން ޔުނައިޓެޑް”ގެ ދަށުން، މާރިޗު މަހުގެ 12ވަނަ ދުވަހު ކަމަށެވެ. އެ ޙަރަކާތުގެ ދަށުން ދެ މަސް ދޯނި ހުއްޓުވާފައިވާ ކަމަށާއި، ދިހަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ސްރީ ލަންކާއިން ބުނެއެވެ.
އުޅަނދުތަކުން އަތުލައިގެން މަސްތުވާތަކެތީގެ ތެރޭގައި 478 ކިލޯގެ ކްރިސްޓަލް މެތަމްފެޓަމައިންއާއި 176 ކިލޯގެ ހެރޮއިން ހިމެނެއެވެ. މަސްތުވާތަކެތީގެ އިތުރުން އަށް ފިސްތޯލަ އާއި އޭގެ ދެ މެގަޒިން އާއި ޓީ56 ގެ ދެ އެސޯލްޓް ރައިފަލް އާއި އެމް16 އެއް ވެސް ފެނިފައިވެ އެވެ. އަދި ބައެއް މުއާސަލާތީ ސާމާނު ވެސް ފެނިފައިވެއެވެ. 2025ވަނަ އަހަރުގެ ތެރޭގައި ސްރީ ލަންކާއިން ވަނީ 136 ޑްރަގު ބޯޓު އަތުލައިގެންފައެވެ. އެ އުޅަނދުތަކުން 75 ބިލިއަން ސްރީލަންކަން ރުޕީސްގެ ޑްރަގު ފެނިފައިވެއެވެ. މި އަހަރުގެ މިހާތަނަށް ވެސް 14 ބޯޓު އަތުލައިގެންފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
