
މި މަހު 23 ވަނަ ދުވަހު ފަށާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ލޯގޯ، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ރަސްމީކޮށް އާންމުކޮށްފިއެވެ. މި ފަހަރުގެ މުބާރާތް އޮތީ ރާއްޖޭގައެވެ. މި މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅޭނީ ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައެވެ. އެފްއޭއެމް އިން މުބާރާތުގެ ލޯގޯ އާންމުކޮށް ބުނެފައިވަނީ، މި ލޯގޯ ފަރުމާކޮށްފައި ވަނީ ދިވެހި މާކެޓިން އަދި އެޑްވަޓައިޒިން އޭޖެންސީއެއް ކަމަށްވާ ލޫޕްކްރާފްޓް އިން ކަމަށެވެ. މި ލޯގޯއަށް ފުރަތަމަ ނަޒަރު ހުއްޓުވުން މިއީ ހަތް ފިޔަލީ މަލެއްގެ ގޮތުގައި ބައެއް ފަރާތްތަކަށް ސިފަވެއެވެ. އެހެންނަމަވެސް ދިވެހި ތާރީޚާއި ސަޤާފަތް ދަންނަ ފަރާތްތަކަށް ނުވަތަ ދިިވެހިންނަށް ވެސް، ލޯގޯއަށް ބަލާލެވޭ ފުރަތަމަ ފަހަރުވެސް ސިފަވާނީ ފަނުން ވިޔެފައިވާ ފަންކަލެކެވެ.
ކުޑައިރުގެ ހަނދާންތަކާ ގުޅިފައިވާ ރަމްޒެކެވެ. އެކުވެރިކަމާއި ބަދަހިކަމުގެ އެތައް “މެމޮރީ” އެކެވެ. މި ލޯގޯއިން ރަމްޒުކޮށްދެނީ ހަމައެކަނި ރާއްޖޭގެ ސަގާފަތާއި ތާރީޚެއް ނޫނެވެ. ސަރަހައްދީ ހަތް ގައުމެއްގެ މެދުގައި ކުޅޭ މި މުބާރާތުގެ ލޯގޯއިން، ގައުމުތައް ގުޅިފައިވާ މިންވަރާއި، މި ސަރަހައްދަކީ “ޓްރޮޕިކަލް” ސަރަހައްދެއްކަން ވެސް ހާމަކޮށްދެއެވެ. ލޯގޯގެ ކޮންމެ ފިޔަ އަކުން، ބައިވެރިވާ ޤައުމުތަކުގެ ކުލަތަކާއި ރަމްޒުތައް ދައްކައިދެއެވެ. މި މަހު 23 ވަނަ ދުވަހު މާލޭގައި ފަށާ މި މުބާރާތުގައި ވާދަކުރަނީ ރާއްޖޭގެ އިތުރުން، އިންޑިއާ، އެންމެފަހުގެ ޗެމްޕިއަން ބަންގްލަދޭޝް، ސްރީލަންކާ، ޕާކިސްތާން، ނޭޕާލް އަދި ބޫޓާނެވެ.
މުބާރާތް ކުރިއަށްދާނީ އަންނަ މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
