
ސްޕޭނާއި އާޖެންޓީނާ ބައްދަލުކުރާ ފައިނަލިސިމާ މެޗު ރެއާލް މެޑްރިޑްގެ ދަނޑުގައި ކުޅެން އާޖެންޓީނާއިން ދެކޮޅު ހަދައިފިއެވެ. މި މެޗު އެންމެ ފުރަތަމަ ގަތަރުގައި ކުޅެން އޮތް ނަމަވެސް، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ގަތަރުން ވަނީ ކުޅިވަރު ހަރަކާތްތައް ހުއްޓާލާފައެވެ. ރެއާލްގެ ދަނޑުގައި ކުޅެން އާޖެންޓީނާއިން ދެކޮޅު ހެދީ ވަކި ސަބަބެއް ބަޔާންނުކޮށް ކަމަށްވިޔަސް، އެއީ އެ ދަނޑަކީ ކެޕްޓަން މެސީއާ ބޮޑު ވާދަވެރިކަމެއް އޮންނަ ކްލަބެއްގެ ދަނޑަށްވާތީ ކަމަށް ބެލެވެއެވެ.
އާޖެންޓީނާއިން މިހާރު ހުށަހަޅާފައިވަނީ އިނގިރޭސިވިލާތުގެ ވެމްބްލީ ސްޓޭޑިއަމުގައި މި މެޗު ކުޅުމަށެވެ. ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން މި ދެ ގައުމުންވެސް ބޭނުންވަނީ އަންނަ ޖޫން މަހުގެ ކުރިން މި މެޗު ކުޅޭށެވެ. މީގެ އިތުރުން، އެމެރިކާ އާއި އިރާނާ ދެމެދު އޮތް ސިޔާސީ ނުތަނަވަސްކަމުގެ ސަބަބުން، އެމެރިކާގައި ބާއްވާ ވޯލްޑް ކަޕަށް ދިއުމާ މެދު އިރާނުން ވަނީ ސުވާލު އުފައްދާފައެވެ. ފީފާގެ ރައީސް އިންފަންޓީނޯއާ އެމެރިކާގެ ރައީސް ޓްރަމްޕާ ދެމެދު ގާތް ގުޅުމެއް އޮތް ނަމަވެސް، އިރާނުގެ އޮފިޝަލުންނަށް ވިސާ ހޯދައިދިނުމުގައި ފީފާއަށް މީގެ ކުރިން ވަނީ ދަތިތަކާ ކުރިމަތިވެފައެވެ.
About Post Author
މާދަމާ ނިއުސް
“ޢާއްމު ޞިއްޙަތުގެ ރައްކާތެރިކަމަށް ލޭ ހަދިޔާ ކުރުން މުހިއްމު”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، އަމިއްލައަށް އިސްނަގައިގެން...
އަތޮޅުތަކުގެ ސިއްޙީ ޚިދުމަތް ހަރުދަނާކުރުމުގެ ނަތީޖާ: ތިނަދޫގައި ފުރަތަމަ ފަހަރަށް ރަހިމުގެ ބޮޑު އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ނިންމާލައިފި
(ފޮޓޯ ކްރެޑިޓްސް: ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް) ގދ. ތިނަދޫ ސިޓީގެ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކާމިޔާބު ލެޕަރޮސްކޯޕިކް...
ކަނޑުމަގުން މުދާ ފޮނުވަން ކްލިއަރެންސަށް 10 ދުވަސް
ކަނޑުމަގުން ރާއްޖެއިން ބޭރަށް މުދާ ފޮނުވުމުގެ ކްލިއަރެންސް މަރުހަލާތަކަށް އެވްރެޖްކޮށް 10 ދުވަހަށްވުރެ ގިނަ ވަގުތު ހޭދަވާކަން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ "ޓައިމް ރިލީޒް...
އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކްސް %21 އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ، މިދިޔަ...
ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަކަށް އީލޯން މަސްކް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ސްޕޭސްއެކްސް ކުންފުނީގެ ޙިއްޞާގެ އަގު ބޮޑުތަނުން އުފުލުމާ ގުޅިގެން، ދުނިޔޭގެ އެންމެ ފުރަތަމަ ޓްރިލިއަނަރުގެ މަޤާމު އެ ކުންފުނީގެ ބާނީ...
ކެނެޑާއިން އިތުރު 100 މިލިޔަން ޑޮލަރު ފަލަސްޠީނަށް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ޔަހޫދީންގެ އިސްތިޢުމާރުގެ ދަށުގައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށް ކެނެޑާއިން އިތުރު 100 މިލިޔަން އެމެރިކާ ޑޮލަރު...
