
ޔަހޫދީންނާއި އެމެރިކާގެ ޙަމަލާތައް އަމާޒުވާން ފެށުމާއެކު އީރާނުން ހުރުމުޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެންދުނިޔޭގެ އެކި ސަރަޙައްދުތަކަށް ތެޔޮ ފޯރުކޮށްދިނުމަށް ދަތިވެފައިވާ މި ޙާލަތުގައި، އެ ކަނޑުއޮޅި ހުރަސް ކުރުމަށް އެމެރިކާގެ ކަނޑުގެ ސިފައިންނަށް މި ވަގުތު އެހީތެރިވެދެވެން ނެތް ކަަމަށް އެމެރިކާގެ ނޭވީއިން ބުނެފިއެވެ. ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާއި އެމެރިކާއިން އީރާނަށް ޙަމަލަާދީ ހަނގުރާމަ ފެށުމާއެކު އީރާނުން ދަނީ ވަރުގަދަ ރައްދު ޙަމަލާތައް ދެމުންނެވެ. އަދި ތެލާއި ގުދުރަތީ ގޭސް އުފުލުމަށް ބޭނުން ކުރާ މައި މަގެއް ކަމަށްވާ ހުރުމުޒް ކަނޑުއޮޅި އެއްވެސް އުޅަނދަކަށް ހުރަސް ނުކުރެވޭނެ ކަމަށް އިޢުލާނުކޮށް، އެ ސަރަޙައްދުން ދަތުރުކުރާ އުޅަނދު ފަހަރަށް ޙަމަލާ ދޭނެ ކަމުގެ އިންޒާރު އެ ޤައުމުން ވަނީ ދީފައެވެ. އެ ސަރަޙައްދުން ދަތުރުކުރަން މަސައްކަތް ކުރި އުޅަނދުތަކަށް އިންޒާރާ އެއްގޮތަށް އީރާނުން ޙަމަލާ ދީފައިވެއެވެ.
އެއާއެކު ހުރުމުޒް ކަނޑުއޮޅި ހުރަސްނުކުރެވި، އެތައް ސަތޭކަ ތެޔޮ ޓޭންކަރު ވަނީ އެ ސަރަޙައްދުގައި ތާށިވެފައެވެ. އުޅަނދުތައް ދަތުރުކުރުމަށް ހުރަސްއެޅި، ޓޭންކަރުތަކަށް އިތުރަށް ތެޔޮ ބަރާ ނުކުރެވޭތީ ގަލްފު ސަރަޙައްދުގެ ތެޔޮ އުފައްދާ މަރުކަޒުތަކުގެ ގުދަންތައް މިހާރު ވަނީ ފުރިފައެވެ. އެއާއެކު ތެޔޮ އުފެއްދުމުގެ މަސައްކަތް މި ވަގުތަށް މަޑުޖައްސައިލުމަށް އެ މަރުކަޒުތަކަށް ވަނީ މަޖުބޫރުވެފައެވެ. އަދި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ. 2022ވަނަ އަހަރުގެ ފަހުން ތެލުގެ އަގު ނުއުފުލޭ މިންވަރަށް މިހާރު ވަނީ ތެލުގެ އަގު މައްޗަށް ގޮސްފައެވެ. ހުރުމުޒް ކަނޑުއޮޅިން ދަތުރު ކުރުމަށް ހުރަސްއަޅާނެ ކަމަށް އީރާނުން ބުނުމާއެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެ ކަނޑުއޮޅި ހުރަސް ކުރުމަށް ތެޔޮ ޓޭންކަރުތަކަށް އެމެރިކާގެ ކަނޑުގެ ސިފައިން އެހީތެރިވާނެ ކަމަށާއި، އެ ކަނޑުއޮޅިން ދަތުރުކުރާއިރު އެ އުޅަނދުތަކަށް ހިމާޔަތް ދިނުމަށް، އުޅަނދުތަކާއެކު އެމެރިކާގެ މަނަވަރުތައް ދަތުރުކުރާނެ އިންތިޒާމް ހަމަޖައްސަވައިދެއްވާނެ ކަަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.
އެނގިފައިވާ ގޮތުގައި އެމެރިކާގެ ނޭވީއިން ދަނީ ޝިޕިންގ ދާއިރާއާއި ތެލުގެ ދާއިރާއާ ގުޅުންހުރި ބައިވެރިންނާއެކު ސިލްސިލާ ބައްދަލުވުންތައް ބާއްވާ މަޝްވަރާތައް ކުރަމުންނެވެ. ޓްރަމްޕްގެ ވަޢުދާ އެއްގޮތަށް ކަނޑުގެ ސިފައިންގެ އެހީތެރިކަން ހޯދުމަށް ޝިޕިންގ ކުންފުނިތަކުން ދަނީ އެމެރިކާގެ ނޭވީގެ ކިބައިން ތަކުރާރުކޮށް އެދެމުންނެވެ. ނަމަވެސް މި ވަގުތު އެ ގޮތަށް ޢަމަލުކުރުމަކީ ރައްކާތެރި ކަމެެއް ނޫން ކަމަށާއި، ޙަމަލާގެ ނުރައްކާ މާ ބޮޑު ކަމަށް ކަނޑުގެ ސިފައިން ދަނީ ބުނަމުންނެވެ. ތެޔޮ ޓޭންކަރުތަކާއެކު މަނަވަރުތަކަށް ދަތުރުކުރެވޭނީ ޙަމަލާގެ ނުރައްކާ ކުޑަވުމުން އެކަނި ކަމަށް ވެސް ނޭވީއިން ބުނެފައިވެއެވެ. އުޅަނދުތަކާއެކު ދަތުރުކުރުމުގެ އަމުރެއް އަތުވެދާނެ ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން މިހާރު ދަނީ ހުރުމުޒް ކަނޑުއޮޅި ހުރަސްކުރެވިދާނެ ގޮތްތައް ދިރާސާ ކުރަމުން ކަމަށް އެ ޤައުމުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ. އެމެރިކާގެ އަސްކަރިއްޔާއިން މިހާތަނަށް އެއްވެސް އުޅަނދަކަށް ހިމާޔަތް ދީފައެއް ނުވެއެވެ.
ތެލުގެ ވިޔަފާރި ކުރާ ދުނިޔޭގެ އެންމެ ބޮޑު ކުންފުނި ކަމަށްވާ ސަޢުދީ ޢަރަބިއްޔާގެ އަރާމްކޯއިން ބުނީ އީރާނު ހަނގުރާމައިގެ ސަބަބުން ހުރުމުޒް ކަނޑުއޮޅި ބަންދުވެފައި އޮންނަ ނަމަ އޭގެ ނަތީޖާ ހީނުކުރާހާ ގޯސްވާނެ ކަމަށެވެ. ޝިޕިންގ ދާއިރާގެ ތަޖުރިބާކާރުންނާއި މާހިރުން ދަނީ ހުރުމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް އެހެން ބަޔަކު ނެގުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށް ބުނަމުންނެވެ. ދުނިޔޭގެ އެކި ޤައުމުތަކުން އިއްތިހާދެއް ހަދައި އެކުގައި މަސައްކަތް ކުރި ނަމަވެސް އެ ކަން ހާޞިލް ކުރުމަކީ އުނދަގޫ ކަމަށް ވާނެ ކަމަށް އެ ބޭފުޅުން ވިދާޅުވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
