
ފުޓުބޯޅައަކީ ހަމައެކަނި ކުޅިވަރެއް ނޫނެވެ. ޚިޔާލުތަފާތުވުންތަކާއި ސިޔާސީ ވާދަވެރިކަން ދުރުކޮށް، ފަރުދުންނާއި ޤައުމުތައް ގުޅުވައިދޭ ވަސީލަތެކެވެ. މިކަމުގެ އެންމެ ރަނގަޅު މިސާލަކީ 2008 ވަނަ އަހަރެވެ. ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި، ރާއްޖެ ސަރަހައްދީ ފުޓުބޯޅަ ތަށި ހޯދިއެވެ. ޕާކިސްތާނާ ދެކޮޅަށް ކުޅެ ލިބުނު ކާމިޔާބީން ފެށިގެން، ކޮޅުނބުގައި އިންޑިއާ 1-0 އިން ބަލިކޮށް ތަށި ހިފައިގެން ރާއްޖެ އެނބުރި އައި ދުވަހާ ހަމައަށް، ސިޔާސީ ކުލަތަކުން ބެހިފައި އޮތް ޤައުމު ޤައުމީ ކުލަތަކުން ބަދަހިވިއެވެ.
މިހާރު ވެސް ހަމަ އެފަދަ ފުރުސަތެއް ވަނީ ލިބިފައެވެ. މި މަހުގެ 23 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ފަށާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަކީ، ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވާ އުމުރުފުރައިގެ ބޮޑު ފުޓުބޯޅަ ހަރަކާތެކެވެ. ރާއްޖޭގެ ސްކޮޑުގައި ތިބީ ހުނަރުވެރި ޒުވާން ކުޅުންތެރިންތަކެކެވެ. ސިންގަޕޫރު ކޭމްޕުގައި އެ ޤައުމުގެ ޒުވާން ޓީމު ބަލިކުރި ކުރުމުން ވެސް ދިވެހި ޓީމުގެ ފެންވަރު ހާމަވެއެވެ. ބައިވެރިވަނީ ރާއްޖޭގެ އިތުރުން އިންޑިއާ، ބަންގްލަދޭޝް، ނޭޕާލް، ބޫޓާން، ޕާކިސްތާން، އަދި ސްރީލަންކާ ހިމެނޭ ޖުމްލަ 7 ޓީމެކެވެ. 23 ވަނަ ދުވަހުގެ ހަވީރު ނޭޕާލާއި ބޫޓާން ބައްދަލުކުރާ މެޗަކުން މުބާރާތް ފަށާ، ހަމަ އެ ރޭ ރާއްޖެ ލަންކާއާ ދެކޮޅަށް ނިކުންނާނެއެވެ. ދިވެހި ކުޅުންތެރިންނަށް ބޭނުންވަނީ، އަމިއްލަ ފަސްގަނޑުގައި ހިތްވަރު ދޭނެ ދިވެހި ސަޕޯޓަރުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
