
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާ އަލަށް ހަވާލުވި މެނޭޖްމަންޓުން ކުރި މަސައްކަތުން، ކޯޓުތަކުން ކޮށްފައިވާ ހުކުމްތަކާ ގުޅިގެން ދައްކަންޖެހޭ ހުރިހާ ދަރަންޏެއް މިހާރު ޚަލާސްކޮށްފައިވާ ކަމަށް އެ އެސޯސިއޭޝަންގެ ރައީސް އަޙްމަދު ޠާރިޤް ވިދާޅުވެއްޖެއެވެ. އެފްއޭއެމްގެ އޯޑިނަރީ ކޮންގްރެސްގައި ވާހަކަދައްކަވަމުން ޠާރިޤް ފާހަގަކުރެއްވި ގޮތުގައި، ހުޅުމާލޭ ބިމެއްގެ މުއާމަލާތާ ގުޅިގެން އުފެދުނު 70 މިލިއަން ރުފިޔާގެ ދަރަނި ހިމެނޭހެން، ވޭތުވެދިޔަ ހަތް މަސްދުވަހު ބަޖެޓުން ބޮޑު ހޭދައެއްކޮށް ވަނީ ހުކުމްތަކާ ގުޅޭ ދަރަނިތައް ނިންމާފައެވެ.
ނަމަވެސް، ކޮރެއާ ކުންފުންޏަކާ ގުޅޭ 3.2 މިލިއަން ޑޮލަރުގެ މައްސަލައަކާއި، އެޗްޑީސީއަށް ދައްކަންޖެހޭ 10 މިލިއަން ރުފިޔާގެ މައްސަލައެއް އަދިވެސް ކޯޓު މަރުހަލާގައި އެބައޮތެވެ. މީގެ އިތުރުން، އައިލެންޑް އޭވިއޭޝަނާއި އެސްޓީއޯ ފަދަ ކުންފުނިތަކަށް އޮތް ދަރަނިތައް، މުބާރާތްތަކުގެ ސްޕޮންސަރޝިޕް މެދުވެރިކޮށް ޚަލާސްކުރުމުގެ މަޝްވަރާތައް ދަނީ ކުރެވެމުންނެވެ. އެފްއޭއެމްގެ ކުރީގެ މެނޭޖްމަންޓުން ވީ އިހުމާލުތަކާއި ޚިޔާނާތުގެ މައްސަލަތަކުން އަރައިގަނެ، ދިވެހި ފުޓުބޯޅަ އަލުން ކޮޅަށް ޖެހުމަށް އައު އެކްސްކޯއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
