
(ފޮޓޯ ކްރެޑިޓްސް: އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާ)
މިއަހަރުގެ ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމުގެ ކަންކަން މި މަހުގެ 18 ވާ ހޯމަ ދުވަހުގެ ރޭ ކުރިއަށް ގެންދިއުމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ވަނީ ނިންމާފައެވެ. މިކަމަށްޓަކައި އެ ދުވަހުގެ ހަވީރު 5:30 އިން ފެށިގެން ހަނދުގެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން ޑީޖޭއޭ އާއި، މެޖިސްޓްރޭޓް ކޯޓުތަކުގެ އިތުރުން ކައުންސިލް އިދާރާތައް ހުޅުވާފައި ހުންނާނެއެވެ. ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް ދޭންވާނީ މާލޭގައި ނަމަ ކޯޓެއްގެ ގާޒީއެއްގެ ކުރިމަތީގައެވެ. އަދި އަތޮޅުތެރޭގައި ނަމަ އެ ރަށެއްގެ މެޖިސްޓްރޭޓް ކުރިމަތީގައެވެ. ހެކިބަސް ދިނުމަށް ދަތުރުކުރަން ޖެހިއްޖެ ނަމަ އެ ހަރަދު ދޭ ގޮތަށް ހަމަޖެހިފައިވާއިރު، ހަނދު ފެނިގެން މައުލޫމާތު ދޭއިރު ހަނދު ހުރި އުސްމިނާއި މިސްރާބު ފަދަ މުހިންމު ތަފްސީލްތައް ދޭންޖެހެއެވެ. ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާއްސަ ޖަލްސާއެއް ބާއްވާނެއެވެ. ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ފިތުރު އީދު ދުވަހަކީ މި މަހުގެ 20 އެވެ.
About Post Author
މާދަމާ ނިއުސް
“ޢާއްމު ޞިއްޙަތުގެ ރައްކާތެރިކަމަށް ލޭ ހަދިޔާ ކުރުން މުހިއްމު”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، އަމިއްލައަށް އިސްނަގައިގެން...
އަތޮޅުތަކުގެ ސިއްޙީ ޚިދުމަތް ހަރުދަނާކުރުމުގެ ނަތީޖާ: ތިނަދޫގައި ފުރަތަމަ ފަހަރަށް ރަހިމުގެ ބޮޑު އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ނިންމާލައިފި
(ފޮޓޯ ކްރެޑިޓްސް: ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް) ގދ. ތިނަދޫ ސިޓީގެ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކާމިޔާބު ލެޕަރޮސްކޯޕިކް...
ކަނޑުމަގުން މުދާ ފޮނުވަން ކްލިއަރެންސަށް 10 ދުވަސް
ކަނޑުމަގުން ރާއްޖެއިން ބޭރަށް މުދާ ފޮނުވުމުގެ ކްލިއަރެންސް މަރުހަލާތަކަށް އެވްރެޖްކޮށް 10 ދުވަހަށްވުރެ ގިނަ ވަގުތު ހޭދަވާކަން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ "ޓައިމް ރިލީޒް...
އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކްސް %21 އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ، މިދިޔަ...
ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަކަށް އީލޯން މަސްކް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ސްޕޭސްއެކްސް ކުންފުނީގެ ޙިއްޞާގެ އަގު ބޮޑުތަނުން އުފުލުމާ ގުޅިގެން، ދުނިޔޭގެ އެންމެ ފުރަތަމަ ޓްރިލިއަނަރުގެ މަޤާމު އެ ކުންފުނީގެ ބާނީ...
ކެނެޑާއިން އިތުރު 100 މިލިޔަން ޑޮލަރު ފަލަސްޠީނަށް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ޔަހޫދީންގެ އިސްތިޢުމާރުގެ ދަށުގައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށް ކެނެޑާއިން އިތުރު 100 މިލިޔަން އެމެރިކާ ޑޮލަރު...
