
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް)
ހަނގުރާމައާ ގުޅިގެން މެދުކަނޑާލާފައިވާ އިއްތިހާދު އެއާވޭސްގެ ދަތުރުތައް، މިއަދުން ފެށިގެން ވަކި މަންޒިލްތަކަކަށް އަލުން ފެށުމަށް އެ އެއަރލައިނުން ނިންމައިފިއެވެ. މި ދަތުރުތައް ކުރުމަށް ނިންމާފައިވަނީ މިމަހުގެ 6އިން 19އަށެވެ. އިއްތިހާދު އެއަރލައިނުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ އެއަރލައިންގެ ދަތުރުތައް އަލުން ފެށުމަށް ނިންމީ ކަމާބެހޭ އިދާރާތަކާ ގުޅިގެން ސަލާމަތީ ގޮތުން ބަލަންޖެހޭ ކަންކަން ފުރިހަމައަށް ކަށަވަރު ކުރުމަށްފަހުގައިކަމަށެވެ. އެ އެއާލައިނުން އަބޫދާބީއާއި ދުނިޔޭގެ މުހިންމު 25 މަންޒިލަކާ ދެމެދު ދަތުރުތައް ކުރުމަށް ހަމަޖެހިފައިވެއެވެ. އޭގެ ތެރޭގައި ރާއްޖޭގެ އިތުރުން ލަންޑަން، ނިއުޔޯކް، ފްރެންކްފަޓް، މިލާން، ޕެރިސް، ޓޮރޮންޓޯ، ކުއާލަލަމްޕޫރު، ކޮލަމްބޯ އަދި ބެންކޮކް ފަދަ ސިޓީތައް ހިމެނެއެވެ.
އެމެރިކާ-އީރާން ހަނގުރާމައާ ގުޅިގެން ދަތުރުތައް މެދުކަނޑާލުމުގެ ސަބަބުން ދަތުރު ނުކުރެވިފައިވާ ފަރާތްތަކަށް އިސްކަންދީގެން ޖާގަ ހަމަޖައްސައިދިނުމުގެ މަސައްކަތް އެ އެއަރލައިނުން އަންނަނީ ކުރަމުނެނެވެ. އެގޮތުން ފެބުރުވަރީ 28ގެ ކުރިން ޓިކެޓް ނަގާފައިވާ އަދި 21 މާޗުއާ ހަމައަށް ދަތުރުކުރަން އޮތް ފަރާތްތަކަށް، އެއްވެސް އިތުރު ފީއަކާ ނުލައި 15 މެއި 2026 ގެ ކުރިން ދަތުރުގެ ތާރީޚު ބަދަލުކުރެވޭނެއެވެ. އަދި މިމަހުގެ 21އާހަމައަށް ދަތުރުކުރަން އޮތް ފަރާތްތަކަށް، ދަތުރު ކެންސަލްކޮށް ރީފަންޑަށް އެދުމުގެ ފުރުސަތު އޮންލައިން ފޯމު މެދުވެރިކޮށް ނުވަތަ ޓްރެވަލް އެޖެންޓުން މެދުވެރިކޮށް ލިބޭނެކަމަށް އެ އެއަރލައިނުން ވިދާޅުވެއެވެ.
މީގެއިތުރުން، ކޯލް ސެންޓަރުތަކަށް ބާރުބޮޑުވެފައިވާތީ، ރީފަންޑަށް އެދޭ ފަރާތްތަކުން އޮންލައިން ފޯމު ބޭނުންކުރުމަށް އެ އެއަރލައިނުންވަނީ އެދިފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
