
(ފޮޓޯ ކްރެޑިޓްސް: އެފްއެސްއެމް)
ހަނިމާދުއާއި އިހަވަންދޫގައި ފިއުލް ސަޕްލައި މޯލްޑިވެސްގެ ފިއުލް ސްޓޭޝަން ހަދާ ޚިދުމަތް ދޭން ފަށައިފިއެވެ. މިއީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން އެސްޓީއޯއާއި އެފްއެސްއެމް ގުޅިގެން ކުރަމުންދާ މަސައްކަތެކެވެ. 2024ވަނަ އަހަރުގެ ނޮވެމްބަރުގައި އިފްތިތާޙުކުރި މި މަޝްރޫޢުގައި ރާއްޖޭގެ 18 ރަށެއްގައި ފިއުލް ސްކިޑް ހެދުމަށް އެސްޓީއޯއިން ވަނީ ނިންމާފައެވެ. މި ފިއުލް ސްކިޑްތަކަކީ މަސްވެރިންނަށާއި އާންމުރައްޔިތުންނަށް ހެޔޮ އަގެއްގައި ތެޔޮ ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ސަރުކާރުން ފެށި މަސައްކަތެކެވެ.
އެގޮތުން އެންމެ ފުރަތަމަ ފިއުލް ސްކިޑް ހުޅުވާލަފަވަނީ މިދިޔަ ޑިސެމްބަރު މަހު ރ. ދުވާފަރުގައެވެ. އަދި ހ.އ އިހަވަންދުއާއި ހދ.ހަނިމާދޫގެ ފިއުލް ސްޓޭޝަންގެ މަސައްކަތް ނިންމާ މިހާރު މިވަނީ ޚިދުމަތް ދޭން ފަށާފައެވެ. މިއާއެކު ރަށުގައި ތިބެގެން އަގުހެޔޮކޮށް އާއްމު ރޭޓްތަކުގައި ތެޔޮ އެޅުމުގެ ޚިދުމަތް ލިބޭނެއެވެ. އަދި ރައްކާތެރިގޮތުގައި ޚިދުމަތް ދިނުމަށް މަގުފަހިވާނެއެވެ. މަސްވެރިންނަށް ތެޔޮ ފޯރުކޮށްދިނުމަށް ހަދާ ފިއުލް ސްކިޑތަކުގެ މަސައްކަތަށްބަލާއިރު މުޅި މަސައްކަތުގެ %78 މަސައްކަތް މިހާރު ވަނީ ނިމިފައެވެ. ކުރިއަށް އޮތް 3 މަސް ދުވަހެއްހާ މުއްދަތުގެތެރޭގައި މުޅި މަޝްރޫޢު އެއްކޮށް ނިމޭނެކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ.
އެފްއެސްގެ ޚިދުމަތް މާލޭގެ އިތުރުން މިހާރު ދެމުން އަންނަނީ އައްޑޫ ސިޓީ ގަން، ހުޅުމީދޫ، ފުވައްމުލަކު، ކޫއްޑޫ، ތިނަދޫ އަދި ފެލިވަރުގައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
