
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
މެދުއިރުމަތީގައި ޙަރަކާތްތެރިވާ އެމެރިކާގެ ހަނގުރާމަމަތީ މަނަވަރުތަކާއި މަތިންދާބޯޓުތައް އޮތް ސަރަޙައްދުތައް ހިމެނޭހެން ޙަމަލާ ދޭންވީ އަމާޒުތަކާ ބެހޭ ޖާސޫސީ މަޢުލޫމާތު ރަޝިޔާއިން އީރާނާއެކު ޙިއްޞާ ކުރަމުންދާ ކަމަށް ބައެއް މަސްދަރުތަކުން ބުނެފިއެވެ. ރަޝިޔާއިން އީރާނަށް އެހީތެރިވަމުން ދަނީ ކިހާ މިންވަރަކަށް ކަން މިހާތަނަށް ސާފުވެފައެއް ނުވެއެވެ. ނަމަވެސް ރަޝިޔާއިން އީރާނަށް އެހީތެރިވަމުންދާ ކަމުގެ އަޑުތައް ގަދަވެފައި މި ވަނީ މިދިޔަ ހަފްތާއިން ފެށިގެން ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނަށް ދެމުންދާ ޙަމަލާތަކުގެ ސަބަބުން އެމެރިކާގެ އުޅަނދުތައް ހޯދުމަށް އީރާނުގެ އަސްކަރިއްޔާއަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ.
އެމެރިކާ އާއި ޔަހޫދީން ގުޅިގެން އީރާނަށް ދެމުންދާ ވަރުގަދަ ޙަމަލާތަކުގައި މިހާތަނަށް 1،000އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އޭގެތެރޭގައި އީރާނުގެ ރޫޙީ ވެރިޔާ އާޔަތުﷲ ޢަލީ ޚާމަނާއީ އާއި އެމަނިކުފާނުގެ ޢާއިލާގެ މެމްބަރުންތަކެއް ވެސް ހިމެނެއެވެ. އެ ޢުދުވާނުގެ ރައްދުގައި އީރާނުން ވެސް ދަނީ ހުއްޓުމެއްނެތި ޔަހޫދީންގެ ނިރުބަވެރި ދަޢުލަތުގެ އިތުރުން މެދުއިރުމަތީގެ އެކި ޤައުމުތަކުގައި އެމެރިކާ ސިފައިން ތިބޭ މަރުކަޒުތަކަށް ޢަމާޒުކޮށް ވަރުގަދަ ޙަމަލާތައް ދެމުންނެވެ. އީރާނުގެ ޙަމަލާތަކުގައި އެމެރިކާގެ ހަ ސިފައިން މިހާތަނަށް މަރުވެފައިވެއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އެމެރިކާގެ އިތުރު ސިފައިން މަރުވުމުގެ ފުރުޞަތު އޮތް ކަމަށް އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. ރަޝިޔާގެ ރިޔާސީ ގަނޑުވަރު، ކްރެމްލިނުން ވަނީ އީރާނުގެ އިސްވެރިންނާއެކު އެ ޤައުމުން މުއާމަލާތު ކުރަމުންދާ ކަމަށް ބުނެފައެވެ. ރަޝިިޔާއިން އީރާނަށް އެހީތެރިވޭތޯ ސުވާލު ކުރުމުން އެ ސުވާލަށް ކްރެމްލިނުން ޖަަވާބު ދީފައެއް ނުވެއެވެ.
އީރާނު ހަނގުރާމައިގެ ސަބަބުން ރަޝިޔާއަށް ވެސް ދަނީ ފައިދާތަކެއް ކުރަމުންނެވެ. އެ ގޮތުން ރަޝިޔާގެ ތެލާއި ގޭހަށް އޮންނަ ޑިމާންޑު މި ދުވަސްވަރު ވަނީ އިތުރުވެފައެވެ. ޔޫކްރެއިންއާއި ރަޝިޔާއާ ދެމެދު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ރަޝިޔާގެ ތެލާއި ގޭހުގެ ދާއިރާއަށް ކުރަމުންދިޔަ ނޭދެވޭ އަސަރު ފޫބެއްދުމަށް އެ ޤައުމަށް ވަނީ ފުރުޞަތެއް ލިބިފައެވެ. ޔޫކްރެއިން-ރަޝިޔާ ހަނގުރާމައިގައި އެމެރިކާއިން ވެސް ވަނީ ޔޫކްރެއިންއަށް ޖާސޫސީ މަޢުލޫމާތު ފޯރުކޮށްދީފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
