
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ސްރީ ލަންކާގެ ކަނޑުގެ ސަރަޙައްދުގެ ބޭރުން ދަތުރުކުރަމުން ދިޔަ އީރާނުގެ އިތުރު އަސްކަރީ މަނަވަރަކަށް ޙަމަލާއެއް އަމާޒުވެދާނެތީ، އެ އުޅަނދުގައި ތިބި ފަޅުވެރިންގެ ފުރާނަ ރައްކާތެރިކުރުމަށްޓަކައި އެ އުޅަނދު ބަނދަރާ ހަމައަށް ގެންގޮސް، އޭގައި ތިބި 208 ފަޅުވެރިން އަސްކަރީ ކޭމްޕަކަށް ގެންގޮސްފިއެވެ. މާރިޗު މަހުގެ 4ވަނަ ދުވަހުގެ ވަގުތެއްގައި ލަންކާގެ ކަނޑުގެ ސަރަޙައްދުގެ ބޭރުން ދަތުރު ކުރި އައިރިސް ޑެނާ ނަމަކަށް ކިޔާ އަސްކަރީ މަނަވަރަކަށް އެމެރިކާގެ ކަނޑުގެ ސިފައިން ވަނީ ޓޯޕީޑޯ ޙަމަލާއެއްދީ އެ އުޅަނދު ފައްތާލައިފައެވެ. ފެބްރުއަރީ މަހުގެ 28ވަނަ ދުވަހުން ފެށިގެން އެމެރިކާއިން އީރާނަށް ދެމުންދާ ޙަމަލާތަކުގެ ބައެއްގެ ގޮތުގައި ދީފައިވާ އެ ޙަމަލާގައި 87 މީހުން ވަނީ ޝަހީދުވެފައެވެ.
އެ ޙަމަލާ ދިނުމުގެ ދެ ދުވަސް ފަހުން، ހަމަ އެ ސަރަޙައްދުން ދަތުރުކުރަމުން ދިޔަ އީރާނުގެ ދެވަނަ މަނަވަރަކަށް އެހީވުމަށް ސްރީ ލަންކާއިން ވަނީ ނިންމާފައެވެ. އައިރިސް ބޫޝެހްރުގެ ނަން ދީފައިވާ މި އުޅަނދަށް ވަނީ އިންޖީނުގެ މައްސަލަތަކެއް ދިމާވެފައެވެ. ސްރީ ލަންކާގެ ރައީސް، އަނޫރާ ކުމާރާ ދިސަނަޔަކެ ވިދާޅުވީ އެ އުޅަނދުގައި ތިބި ފަޅުވެރިންނާ ޙަވާލުވެ އެހީތެރިކަން ފޯރުކޮށްދިނުމަކީ އިންސާނީ ޒިންމާއެއް ކަމަށެވެ. އެ އުޅަނދުން ދަތުރުކުރި ގިނަ ފަޅުވެރިން މިހާރު ވަނީ ކޮލޮމްބޯއަށް ގެނެސް ޞިއްޙީ ޗެކްއަޕްތައް ހެދުމަށް ފަހު ވެލިސަރާގައި ހުންނަ ކަނޑުމަތީގެ ސިފައިންގެ ކޭމްޕަކަށް ގެންގޮސްފައެވެ. އެ މީހުން ދަތުރުކުރި މަނަވަރު ގެންގޮސްފައި ވަނީ ޓްރިންކޮމަލީ ހާބަރަށެވެ. އެ އުޅަނދުގައި 15 ފަޅުވެރިން އަދިވެސް އެބަ ތިއްބެވެ.
އީރާންއާއި އެމެރިކާއާ ދެ ޤައުމަކީ ވެސް ސްރީ ލަންކާގެ މުހިންމު ވިިޔަފާރި ބައިވެރިންނެވެ. ސްރީ ލަންކާގައި އުފައްދާ އަންނައުނުގެ 40 އިންސައްތަ އެކްސްޕޯޓު ކުރަނީ އެމެރިކާއަށެވެ. އަދި އެ ޤައުމުގައި އުފައްދާ ސައިފަތުގެ ބޮޑު ނިސްބަތެއް އީރާނުން ގަނެއެވެ. ފެބްރުއަރީ 28ވަނަ ދުވަހުން ފެށިގެން އެމެރިކާ އާއި ޔަހޫދީން ގުޅިގެން އީރާނަށް ދެމުންދާ ވަރުގަދަ ޙަމަލާތަކުގައި މިހާތަނަށް 1،000އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އޭގެތެރޭގައި އީރާނުގެ ރޫޙީ ވެރިޔާ އާޔަތުﷲ ޢަލީ ޚާމަނާއީ އާއި އެމަނިކުފާނުގެ ޢާއިލާގެ މެމްބަރުންތަކެއް ވެސް ހިމެނެއެވެ. އެ ޢުދުވާނުގެ ރައްދުގައި އީރާނުން ވެސް ދަނީ ހުއްޓުމެއްނެތި ޔަހޫދީންގެ ނިރުބަވެރި ދަޢުލަތުގެ އިތުރުން މެދުއިރުމަތީގެ އެކި ޤައުމުތަކުގައި އެމެރިކާ ސިފައިން ތިބޭ މަރުކަޒުތަކަށް ޢަމާޒުކޮށް ވަރުގަދަ ޙަމަލާތައް ދެމުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
