
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ތެރެއިން ޤަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ ވައިގެ ބަނދަރަށާއި ބަޙްރެއިނުގައި ހުންނަ ޔަހޫދީންގެ އެމްބަސީއަށް އީރާނުން ވަރުގަދަ ޙަމަލާތަކެއް ޢަމާޒުކޮށްފިއެވެ. ފެބްރުއަރީ 28ވަނަ ދުވަހު އެމެރިކާއާ ގުޅިގެން ޔަހޫދީންގެ ނިރުބަވެރި ދަޢުލަތުން އީރާނަށް ދޭން ފެށި ޙަމަލާތަކުގެ ރައްދުގައި އީރާނުން ވެސް ދަނީ ޔަހޫދީންގެ އިތުރުން މެދުއިރުމަތީގައި އެމެރިކާ ސިފައިން ތިބޭ މަރުކަޒުތަކަށް ޢަމާޒުކޮށް ރައްދު ޙަމަލާތައް ދެމުންނެވެ. މިގޮތުން، ބުރާސްފަތި ދުވަހުގެ ރޭ ވެސް އީރާނުން ބަޙްރެއިނުގެ ވެރިރަށް މަނާމާގައި، ޔަހޫދީންގެ އެމްބަސީ ހުންނަ ޢިމާރާތަށް ވަރުގަދަ ޙަމަލާތަކެއް ޢަމާޒުކޮށްފައެވެ. އެ ޢިމާރާތަށް އީރާނުން ޢަމާޒުކުރި ޑްރޯން ވައްޓާލާފައިވާ ކަމަށް ރޮއިޓަރސް ނޫހުން ރިޕޯޓުކޮށްފައިވެއެވެ.
ބަޙްރެއިނުގެ ދިފާޢީ ބާރުން ނެރުނު ބަޔާނެއްގައި ބުނީ، ބަޙްރެއިނުގެ އެކި ސަރަޙައްދުތަކަށް ޢަމާޒުކޮށް އީރާނުން ފޮނުވައިލި 143 ޑްރޯނާއި 78 މިސައިލް މިހާތަނަށް ވައްޓާލާފައިވާ ކަމަށެވެ. އަދި ހުއްޓުމެއްނެތި ޙަމަލާތައް ދެމުންދާތީ، ކޮންމެހެން ނުކުންނަންޖެހޭ ޙާލަތެއްގައި މެނުވީ، ގެއިން ބޭރަށް ނުނުކުތުމަށް ބަޙްރެއިނުގެ އަސްކަރިއްޔާއިން ވަނީ ޢާންމުންނަށް އިލްތިމާސްކޮށްފައެވެ. ފާއިތުވި ހަތް ދުވަހުގެ ތެރޭގައި އީރާނުގެ ރައްދު ޙަމަލާތައް ވަރުގަދަކޮށްފައިވާއިރު، ތުރުކީވިލާތާއި އަޒަރުބައިޖާނަށް ވެސް އީރާނުން ހަމަލާތައް ޢަމާޒުކޮށްފައިވާ ކަމުގެ ރިޕޯޓުތައް ވަނީ ލިބިފައެވެ. ކުވެއިތުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ދޭ ޙަމަލާތައް އިތުރަށް ވަރުގަދަކުރާނެ ކަމުގެ އިންޒާރު، އީރާނުގެ އިންޤިލާބީ ފައުޖުން ވަނީ ދީފައެވެ.
ސަޢުދީ ޢަރަބިއްޔާއިން ވެސް ވަނީ، އެ ޤައުމުގެ މެދުތެރޭގެ ސަރަޙައްދަކަށް ޢަމާޒުކޮށް އީރާނުން ދިން މިސައިލް ޙަމަލާއެއް ނާކާމިޔާބުކޮށްލާފައިވާކަމަށް ބުނެފައެވެ. އަދި ވެރިރަށް ރިޔާޛަށް ފޮނުވައިލި ތިން ޑްރޯން ވެސް ވައްޓާލާފައިވާކަމަށް ބުންޏެވެ. މީގެއިތުރުން، ޤަތަރުގެ ވެރިރަށް ދޯހާގެ މަތިން ވެސް ބާރުގަދަ ގޮވުންތަކުގެ އަޑުތައް ރޭ ވެސް އިވެމުންދިޔަކަމަށް ރިޕޯޓުތައް ބުނެފައިވެއެވެ. ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، އެ ޙަމަލާތައް އީރާނުން ޢަމާޒުކޮށްފައިވަނީ ޤަތަރުގައި އެމެރިކާ ސިފައިން ތިބޭ، ޢުދައިދާ އަސްކަރީ ވައިގެ ބަނދަރަށެވެ. ޢުރުދުންގައި ވެސް އީރާނުން ފޮނުވައިލި ތިން ޑްރޯން ވައްޓައިލިކަމަށް އެ ޤައުމުން ވެސް ބުނެފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
