
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފުޓުބޯޅައިގައި އެންމެ ޝަރަފުވެރި، އެންމެ ހައިބަތު ބޮޑު “ލެޖެންޑް” އެއްގެ ދަރަޖަ ދެވިފައިވާ ބްރެޒިލްގެ ޕެލޭއަށްވުރެ، ފުޓުބޯޅައިގައި ހޯދެން އޮތް ހުރިހާ ކާމިޔާބީއެއް ކަހަލަ ގޮތަކަށް ހޯދައި ފުޓުބޯޅަ “ކޮމްޕްލީޓް” ކޮށްފައިވާ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ މާ މޮޅު ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕް މިހެން ވިދާޅުވީ، މެސީއާއި އޭނާގެ ކުލަބު، އިންޓަރ މަޔާމީ އާއެކު ވައިޓް ހައުސްގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުކުރެއްވުމަކީ މަޔާމީ އިން، އެމްއެލްއެސް ކަޕް ކާމިޔާބުކުރުން ފާހަގަކުރުމުގެ ގޮތުން ވައިޓް ހައުސްގައި ބޭއްވެވި ބައްދަލުކުރެއްވުމެކެވެ. މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ޓްރަމްޕް ވަނީ މެސީއަށް ވަރަށް ބޮޑަށް ތައުރީފުކޮށް ޝުކުރު ވެސް އަދާކުރައްވާފައެވެ.
އެގޮތުން ޓްރަމްޕްގެ ދަރިކަލުން ބެރޮން ޓްރަމްޕް އަކީ މެސީގެ ވަރަށް ބޮޑު “ފޭން” އެއް ކަމަށާއި، މެސީއަކީ ފުޓުބޯޅައިގެ އެންމެ ކާމިޔާބު، އެންމެ ގިނަ ޓްރޮފީ އުފުލާލި އެއް ކުޅުންތެރިޔާކަން ޓްރަމްޕް ފާހަގަކުރެއްވިއެވެ. ޓްރަމްޕް ވިދާޅުވީ، ޕެލޭ ފުޓުބޯޅަ ކުޅުނު ދުވަސްވަރު ވެސް ފުޓުބޯޅަ ބެއްލެވިކަމަށާއި އެހެންނަމަވެސް ޕެލޭ އަށްވުރެ ވެސް މެސީ މާ މޮޅުކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ. މި ބައްދަލުވުމުގައި މެސީގެ ހާޒިރުގައި ޓްރަމްޕް ވަނީ މެސީއާ ވާދަވެރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ވާހަކަވެސް ދައްކަވާފައެވެ. ފާހަގަކޮށްލަން ޖެހޭ ގޮތުގައި ޓްރަމްވަނީ މީގެކުރިން ރޮނާލްޑޯއާ ވެސް ވައިޓް ހައުސްގައި ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމުގައި ޓްރަމްޕް ވަނީ ރޮނާލްޑޯއަށް ވެސް ވަރަށް ބޮޑަށް ތައުރީފުކުރައްވާފައެވެ. އަދި ބެރޮން ޓްރަމްޕް އަކީ ރޮނާލްޑޯގެ ވަރަށް ބޮޑު ސަޕޯޓަރެއް ކަމަށާއި، ރޮނާލްޑޯއާ ބައްދަލުކެއްވުމުގެ ފުރުސަތު ލިބިވަޑައިގަތުމުން ދަރިކަލުން ކުރައްވާ އިޚްތިރާމް އިތުރުވެގެންދިޔަކަމަށް ވެސް ޓްރަމްޕް ވަނީ އެ ބައްދަލުކުރެއްވުމުގައި ވިދާޅުވެފައެވެ.
އުމުރުން 38 އަހަރުގެ މެސީ އެމެރިކާގެ މޭޖަރ ލީގް ސްކާ (އެމްއެލްއެސް) ގެ އިންޓަރ މަޔާމީއާ ގުޅުނީ 2023 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. މެސީ މިހާރު ވަނީ 2028 ވަނަ އަހަރުގެ ނިޔަލަށް އެ ކުލަބުގައި މަޑުކުރަން އެއްބަސްވުން އައުކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
