
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މިއަހަރުގެ ރަމަޟާން މަހު ރައްޔިތުންނަށް ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޭން ނިންމާފައިވާ މަސްދަޅު ކޭސް، 113،382 ގޭބިސީއަށް ދޫކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަން ހާމަކުރެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރެވެ. ވަޒީރު ވިދާޅުވީ މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު ރޯދަ ހަދިޔާ ދޫކުރި އަތޮޅުތަކުގެ ގޭބިސީގެ އަދަދު މަދުވި ނަމަވެސް މާލެ ސަރަހައްދުގައި ރޯދަ ހަދިޔާ ދޫކުރި ގޭބިސީތަކުގެ އަދަދު އިތުރުވެފައިވާ ކަމަށެވެ. ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، މިދިޔަ ޖެނުއަރީ މަހުގެ 24ވަނަ ދުވަހުން ފެށިގެން މާލެ ސަރަޙައްދުގައި ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ފަށާފައިވާއިރު ބުދަ ދުވަހުގެ ރެއާ ހަމައަށް ހުރިހާ ގޭބިސީއަކަށް ހަދިޔާ ދޫކޮށް ނިމިފައިވާކަމަށެވެ. މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް ރޯދަ ހަދިޔާގެ ގޮތުގައި މަސް ދަޅު ކޭހެއް ދޫކޮށްފައިވާއިރު މާލެ ސަރަހައްދުގައި މިއަހަރު 55،667 ގޭބިސީއަކަށް މަސްދަޅު ކޭސް ދޫކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި މިއަހަރު އަތޮޅުތަކުގެ ގޭބިސީތަކަށް ބެހުމަށް 57،715 މަސްދަޅު ކޭސް ވަނީ ފޮނުވާފައެވެ. މިއާއެކު މިއަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި މުޅި ރާއްޖޭގެ 113،382 ގޭބިސީއަކަށް މަސްދަޅުކޭސް ވަނީ ދޫކޮށްފައެވެ. ވަޒީރު ވިދާޅުވީ މާލެ ސަރަހައްދުގައި ގޭބިސީތައް ބަލާފައިވަނީ ސްޓެލްކޯގައި ރަޖިސްޓްރީކޮށްފައިވާ ޑޮމެސްޓިކް މީޓަރުތަކަށް ކަމަށެވެ. އަދި އަތޮޅުތަކުގައި ކައުންސިލްތަކުން ފޯރުކޮށްދީފައިވާ އެންމެ ފަހުގެ ރަޖިސްޓްރީތަކަށް ބަލާފައިވާ ކަމަށާއި ގޭބިސީތަކަށް މަސްދަޅު ކޭސް ބެހުމުގައި ލިސްޓުތަކުގެ ސައްޚަކަން ކަށަވަރުކޮށްފައިވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ރަމަޟާން މަހު އަތޮޅުތަކުގެ 60،712 ގޭބިސީއަކަށް ވަނީ މަސްދަޅު ކޭސް ދޫކުރިއެވެ. މިއަހަރު އެ އަދަދު މަދުވެފައިވަނީ މާލެއަށް ގިނަބަޔަކު ހިޖުރަކުރުން ކަމުގައި ލަފާކުރެވެއެވެ. އެގޮތުން، މިދިޔަ އަހަރުގެ ރަމަޟާން މަހު މާލޭ ސަރަޙައްދުގެ 50،525 ގޭބިސީއަށް މަސްދަޅު ކޭސް ދޫކޮށްފައިވާއިރު މިއަހަރު ވަނީ 5،142 ގޭބިސީ އިތުރުވެފައެވެ. މިއީ ރޯދަ ހަދިޔާ ޕްރޮގްރާމް ހިންގާ 3 ވަނަ އަހަރެވެ. މި ދިޔަ އަހަރެކޭ އެއްފަދައިން މި އަހަރުވެސް ސަރުކާރުން ދޫކޮށްފައިވަނީ ދިވެހި ކޮންމެ ޢާއިލާއަކަށް 48 ދަޅުގެ މަސްކޭހެކެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
