
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ޤައުމީ ޞިއްޙީ ލެބޯޓަރީ ޤާއިމުކުރުމަކީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ މަސައްކަތްތައް ހަރުދަނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ 25 މިލިއަން ޑޮލަރުގެ މުހިންމު މަޝްރޫޢެކެވެ. މި މަޝްރޫޢަކީ ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކުގެ ލޯނު އެހީގައި ހުޅުމާލޭގެ 26,000 އަކަފޫޓުގެ ބިމެއްގައި، 9 ފަންގިފިލާ އަދި 3 ފަންގިފިލާގެ ދެ އިމާރާތް ހިމެނޭހެން ކުރިއަށްގެންދާ މަސައްކަތެކެވެ. މިހާރު ޑިޒައިން ކުރުމުގެ މަރުހަލާގައިވާ މި މަޝްރޫޢުގެ އަމަލީ މަސައްކަތް މިއަހަރުގެ ޖޫން ނުވަތަ ޖުލައި މަހު ބަޔަކާ ހަވާލުކުރެވޭނެ ކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވަނީ ވިދާޅުވެފައެވެ.
މި ލެބޯޓަރީ ޤާއިމުވުމުން ވައިރަސް އާއި ބެކްޓީރިއާގެ ތަހުލީލުތައް ކުރުމުގެ ޤާބިލުކަން އިތުރުވެ، ކާބޯތަކެއްޗާއި ބޭހުގެ ރައްކާތެރިކަން ބައިނަލްއަޤްވާމީ ފެންވަރުގައި ކަށަވަރުކުރެވޭނެއެވެ. މީގެ އިތުރުން، މި ތަނުގައި ޤައުމީ އިންފްލުއެންޒާ ސެންޓަރުގެ ޚިދުމަތް ޤާއިމުކޮށް، ޞިއްޙީ ދާއިރާގެ ދިރާސާތައް ކުރުމަށް ފަހި ފުރުޞަތުތަކެއް ހުޅުވިގެންދާނެއެވެ. މިއީ މިހާރު ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި ވަސީލަތްތަކުގެ މަދުކަމަށް ދާއިމީ ހައްލެއް ގެނެސްދޭނެ، ޒަމާނީ ވަސީލަތްތަކުން ފުރިގެންވާ މަރުކަޒަކަށް ވެގެންދާނެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
