
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި އެއްގަމު ސިފައިން ފޮނުވުމުގެ ފުރުޞަތު އެބައޮތް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން އަސްކަރީ ތަޖުރިބާކާރުން ސުވާލު އުފައްދައިފިއެވެ. އެމެރިކާ އާއި ޔަހޫދީން ގުޅިގެން ފެބުރުވަރީ 28 ގައި ފެށި މި ހަނގުރާމައިގައި މިހާތަނަށް އީރާނުގެ 1,045 މީހުން ވަނީ ޝަހީދުވެފައެވެ. ޓްރަމްޕް މިފަދަ ނިންމުމެއް ނިންމެވި ނަމަވެސް، އީރާނުގެ ބިމުގެ ހާލަތާއި ފަރުބަދަ ގިނަވުމުގެ ސަބަބުން އެއްގަމު މަގުން ހަނގުރާމަކޮށް ކާމިޔާބު ހޯދުމަކީ ދަތި ކަމެއް ކަމަށް މަސްރަޙް ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.
އަސްކަރީ މާހިރުން ބުނާ ގޮތުގައި، މުޅި ލަޝްކަރެއް ފޮނުވުމުގެ ބަދަލުގައި އެމެރިކާއަށް ކުރިއަށް ގެންދެވޭނީ ޖާސޫސީ މައުލޫމާތަށް ބިނާކޮށް ހިންގާ ވަކިވަކި “ޚާއްޞަ އޮޕަރޭޝަންތަކެކެވެ.” އެމެރިކާގެ ހަނގުރާމައާ ބެހޭ ވަޒީރު ވެސް ވަނީ ގިނަ އަދަދެއްގެ ސިފައިން ފޮނުވައިގެން ދިގުލީ ހަނގުރާމައެއް ކުރުމުގެ ވިސްނުން ނެތްކަން ހާމަކުރައްވާފައެވެ. އަދި މިފަދަ ބޮޑު ހަނގުރާމައަކަށް ތައްޔާރުވުމުގެ އަސްކަރީ ގާބިލުކަން މިވަގުތު އެމެރިކާގައި ނެތްކަން ވެސް ތަޖުރިބާކާރުން ފާހަގަކުރެއެވެ.
ހަނގުރާމަ ފެށި ސަބަބާ މެދު ޓްރަމްޕް ދައްކަވާ ވާހަކަފުޅުތަކުގައި ފުށުއެރުންތަކެއް ހުރިއިރު، މިއީ އޭނާ އިސްވެ ފެއްޓެވި ހަނގުރާމައެއް ކަމަށް އަމިއްލައަށް ވަނީ އެއްބަސްވެފައެވެ. ނަމަވެސް މި ހަނގުރާމައަށް އެމެރިކާ ރައްޔިތުންގެ މެދުގައި އޮތް ތާއީދު ވަރަށް ބޮޑަށް ވަނީ ކުޑަވެފައެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ޓްރަމްޕް ފެއްޓެވި މި ހަނގުރާމައަށް ތާއީދުކުރަނީ އެމެރިކާގެ އެންމެ 27 އިންސައްތަ ރައްޔިތުންނެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
