
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އެކި ސަބަބުތަކާހުރެ މިއަހަރުގެ ރަމަޟާން މަހު، ޢުމްރާގެ އަޅުކަމަށް ނުފުރި ތިބި ފަރާތްތަކަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝަދުގެ ދަށުން ޚާއްޞަ އިންތިޒާމުތަކެއް ހަމަޖެއްސުމުގެ މަސައްކަތް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ފަށައިފިއެވެ. ޙައްޖު ކޯޕަރޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ވަނީ އެކި ގްރޫޕްތަކުގެ ޙަވާލުގައި ރަމަޟާންމަހުގެ ޢުމްރާއަށް ދިއުމަށް ނިންމާފައިވަނިކޮށް، ފްލައިޓުތައް ކެންސަލްވުމާއި، އެނޫންވެސް ދަތިތަކާހުރެ ފުރޭގޮތް ނުވެފައިވާ ފަރާތްތަކަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، އެ ކޯޕަރޭޝަނުން ޚާއްޞަ އިންތިޒާމުތަކެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މިކަމަށްޓަކައި ފްލައިޓު ޗާޓަރު ކުރެވޭގޮތް ވެއްޖެނަމަ އެކަން ކުރުމާއި، އެކޮމޮޑޭޝަން ހަމަޖެއްސުމަށް އެ ކޯޕަރޭޝަނުން މަސައްކަތް ކުރަމުންދާކަމަށް ނޫސްބަޔާނުގައިވެއެވެ.
ޙައްޖު ކޯޕަރޭޝަނުން ވިދާޅުވީ މި ރަމަޟާންމަހު ޢުމްރާގެ އަޅުކަން އަދާކުރުމަށް އެދި، ދިމާވި އެކި ސަބަބުތަކާހުރެ ނުފުރި ތިބި ފަރާތްތަކުގެ ތެރެއިން މި ފުރުޞަތުގެ ބޭނުން ހިފަން ބޭނުންވާ ފަރާތްތަކުން މާދަމާ މެންދުރު 12:00ގެ ކުރިން އީމެއިލް އެޑްރެސް [email protected] އަށް މަޢުލޫމާތު ފޮނުވުމަށް އެދޭކަމަށެވެ. އެކި ކުންފުނިތަކުން ޢުމްރާއަށް ދިއުމަށް އުޅުނު ފަރާތްތަކަށް ނުފުރިފައިވުމާއި ބައެއް ޤައުމުތަށް މެދުވެރިކޮށް ޓްރާންސިޓްކޮށް ފުރަން އުޅުނު ފަރާތްތަކަށް، އެޤައުމުތަކުގެ ޕްލައިޓްތައް ކެންސަލްވުމުން ނުފުރިފަ ތިބި ފަރާތްތައް ޢުމްރާއަށް ފުރުވޭނެ ގޮތެއް ހޯދުމަށް ރައީސުލްޖުމުހޫރިއްޔާ އިރުޝާދު ދެއްވާފައިވުމާއެކު، ފުރޭނެ ގޮތެއް ހޯދުމުގެ މަސައްކަތް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން އަދި މޯލްޑިވިއަން ގުޅިގެން ފަށާފައިވާކަން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުވެސް ވަނީ ހާމަކުރައްވާފައެވެ.
އެގޮތުން މިވަގުތާ ހަމައަށް 150 މީހުން ފުރަން ބޭނުންވެފައި ތިބިކަން ފާހަގަކުރެވިފައިވާކަމަށާއި، ފްލައިޓް ޗާޓަރު ކުރެވޭނެ ގޮތް ވެއްޖެ ނަމަ މީގެ އިތުރުންވެސް ޖާގައެއް ހޯދަން ބޭނުންވާ ފަރާތްތަކަށް ޖާގަ ހުރި މިންވަރަކުން ދެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. ވަގުތު ކުޑަތަންވެފައިވުމުން މިކަމުގައި ހުރި ދަތިތައް ޙައްލުވޭތޯ މަސައްކަތްކުރަމުންދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ރައްޔިތުންނާ ގުޅުން ހުރި މިފަދަ ކަންކަން ހައްލުކޮށްދެއްވުމަށް ރައީސް ޑރ. މުޢިއްޒު ބަހައްޓަވަމުން ގެންދަވާ އަހައްމިއްޔަތަށްޓަކައި ވަރަށް އިޚްލާޞްތެރިކަމާއެކު ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ. މިފަދަ ކޮންމެ ކަމެއްގައިވެސް ދިވެހިރައްޔިތުންނަށް ދެއްވާ އެހީތެރިކަން ފާހަގަކުރައްވައި ދަތުރުގެ ޚަރަދު ކުރާނީ އެހެންޏާ ވެސް ޢުމްރާ ދަތުރުގައި އޮންނަ އުޞޫލުން ޢުމްރާވެރިންކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
