
(ފޮޓޯ ކްރެޑިޓްސް: “އަލްއަބްރާރު” ޙައްޖު އެންޑް ޢުމްރާ
ފުރަން ތައްޔާރުވެފައިވަނިކޮށް ޢުމްރާ ދަތުރު ކެންސަލް ކުރި މައްސަލައިގައި “އަލްއަބްރާރު” ޙައްޖު އެންޑް ޢުމްރާ ކުންފުންޏާ މެދު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފިޔަވަޅު އަޅައިފިއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ ޢުމުރާއަށް މީހުން ގެންދިއުމަށް އަލްއަބްރާރު ކުންފުންޏަށް ދޫކޮށްފައިވާ ހުއްދަ ވަގުތީގޮތުން ހިފަހައްޓާފައިވާކަމަށާއި އެކަން އެކުންފުންޏަށް މިހާރު އަންގާފައިވާކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން އިތުރަށް ސާފުކުރަންޖެހޭ މަޢުލޫމާތުތަކާއި، ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، އުސޫލުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް ކުންފުންޏާ ދެކޮޅަށް އަޅާނެ ކަމަށްވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.
“އަލްއަބްރާރު” ކުންފުނިންވަނީ މިރަމަޟާން މަހަށް ޚާއްސަކޮށް، 3 މާރިޗުން 26 މާރިޗުގެ ނިޔަލަށް ކުރުމަށް ހަމަޖެހިފައިވާ ޢުމްރާ ދަތުރަށް ފުރަން އެންމެ ފަހުގެ ތައްޔާރީތައް ވަމުންދަނިކޮށް އެދަތުރު ކެންސަލްކޮށްފައެވެ. މިމައްސަލައިގެ ޝަކުވާ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް ލިބުމާ ގުޅިގެން މިހާތަނަށް ސާފުކުރި މަޢުލޫމާތައް ބަލާއިރު، ޢުމްރާ ދަތުރު ކެންސަލްކޮށްފައިވަނީ ޤަބޫލުކުރެވޭ އެއްވެސް ސަބަބެއް ނެތި އަދި ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލާ ޚިލާފަށްކަމަށް އެވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަލްއަބްރާރު ގްރޫޕާއެކު ރަމަޟާން ޢުމްރާއަށް ދިއުމަށް 120 މީހަކު ފައިސާ ދައްކާފައިވެއެވެ. އެމީހުންނަށް ދަތުރު ކެންސަލްވިކަން އެންގީ ދަތުރަށް ފުރަން އޮތް ދުވަހު، ހުރިހާ ކަމެއް ތައްޔާރުކޮށްފައިވަނިކޮށެވެ. މިގްރޫޕާއެކު ޢުމުރާއަށް ދިއުމަށް ފައިސާ ދެއްކި މީހުންނާއި މީގެއިތުރުންވެސް އެކި ސަބަބުތަކާ ހުރެ ރަމަޟާން ޢުމްރާއަށް ނުފުރި ތިބި މީހުންނަށް އެހީވުމުގެ ގޮތުން، އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއާއި ޙައްޖު ކޯޕަރޭޝަނާއި، މޯލްޑިވިއަން ގުޅިގެން އެ ފުރުޞަތު ފަހިކޮށްދިނުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
