
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފެލެމުންދިއުމާއެކު ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ވިއްކާ ތެލުގެ އަގަށް ބަދަލު ގެނެސްފިއެވެ. އެސްޓީއޯގެ ދަށުން ހިންގާ ފިއުލް ސަޕްލައި މޯލްޑިވްސްއިން ވިއްކާ ތެލުގެ އަގަށް ބަދަލު ގެނެސް އެތަންތަނުން ޕެޓްރޯލް އަދި ޑީސަލް ވިއްކާނެ އައު އަގުތައް އެސްޓީއޯއިން ވަނީ އާންމުކޮށްފައެވެ. އެސްޓީއޯއިން ތެލުގެ އަގަށް ބަދަލު ގެނެސްފައިވަނީ މިވަނީ، މެދުރިއިރުމަތީގައި ހިންގަމުންދާ ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އުފުލިފައިވާ ދަނޑިވަޅެއްގައެވެ.
އެސްޓީއޯއިން އާންމުކޮށްފައިވާ އަގުތަކަށް ބަލާއިރު ޕެޓްރޯލް ލީޓަރެއް މިއަދުން ފެށިގެން ވިއްކާނީ 16.01 ރުފިޔާއަށެވެ. މީގެ ކުރިން ޕެޓްރޯލް ލީޓަރެއް ވިއްކަމުން ދިޔައީ 13.50 ރުފިޔާއަށެވެ. އެހެން ކަމުން މިއީ 2.51 ރުފިޔާގެ އިތުރުވުމެކެވެ. ޑީސެލް ލީޓަރެއް މިއަދުން ފެށިގެން ވިއްކާނީ، 17.54 ރުފިޔާއަށެވެ. މީގެ ކުރިން 13.92 ރުފިޔާއަށް ޑީސެލް ލީޓަރެއް ވިއްކި ނަމަވެސް މި ގެނެވުނު ބަދަލާއެކު މިއީ 3.62 ރުފިޔާގެ އިތުރުވުމެއް ކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ. ދުނިޔޭ ބާޒާރުގައި ތެލުގެ އަގު އުފެލެމުންދާއިރު، ސަރުކާރުން ތެލުގެ އަގު އުފުލުނު ކަމުގައިވިއަށް ދިވެހިންނަށް ދަތިކަމެއް ނެތި ތެލާއި ގޭސް ލިބޭނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަންގާރަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިޤްތިޞާދީ ވަޒީރު މުހައްމަދު ސަޢީދު ވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު %25 އާއި %30 އުފުލުނު ކަމަށް ވިދާޅުވެފައެވެ. ވަޒީރު ވިދާޅުވީ ބާޒާރުގައި ތަކެތީގެ އަގަށް އަންނަ ބަދަލާއެކު ސަރުކާރުން އެކަމަށް އެއްވެސް ފިޔަވަޅެއް އަޅާނީ ބާޒާރަށް އަންނަ ބަދަލަށް ރިއާޔަތްކޮށްގެން ކަމަށެވެ.
ވަޒީރު ވިދާޅުވީ ތެޔޮ ރައްކާކުރާނެ ކެޕޭސިޓީ އިތުރު ކުރުމަށް ވެސް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ރާއްޖެ އަންނަ ފަތުރުވެރިންނާއި ރާއްޖޭގައި މަސައްކަތް ކުރާ އާބާދީ ވެސް އިތުރުވަމުން އަންނައިރު އެ ހުރިހާ އެންމެންނަށް ކޭޓާ ކުރެވޭ ވަރަށް ތެލާއި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރާ ކަމަށް ވިދާޅުވިއެވެ
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
