
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީންނާއި އެމެރިކާއާ ގުޅިގެން އީރާނަށް ޙަމަލާ ދޭން ފެށުމާއެކު، ދުނިޔޭގެ އެކި ސަރަޙައްދުތަކަށް ތެޔޮ އުފުލުމަށް ބޭނުން ކުރާ މައި އެއް މަގު ކަމަށްވާ ހުރުމުޒް ކަނޑުއޮޅި ހުރަސް ކުރުމަށް ފުރުޞަތު ނުދޭނެ ކަމަށް އީރާނުން ވަނީ ބުނެފައެވެ. އޭގެ ސަބަބުން އެ ސަރަޙައްދުން ތެޔޮ ޓޭންކަރުތައް ދަތުރުކުރުން މި ވަނީ ހުއްޓުމަކަށް އައިސްފައެވެ. ތެޔޮ ޓޭންކަރުތަކާއި މުދާ އުފުލާ އާގު ބޯޓުތައް ހިމެނޭ ގޮތަށް ޢިރާޤްއާއި ސަޢުދީ ޢަރަބިއްޔާއާއި ޤަޠަރު ފަދަ ތެޔޮ އުފައްދާ ޤައުމުތަކުގެ ބޭރުގައި 200އަށް ވުރެ ގިނަ އުޅަނދު މި ވަގުތު ވެސް ނަގިލި އަޅާފައި އެބަ ތިއްބެވެ. އީރާނުން އިންޒާރު ދީފައި އޮއްވާ ހުރުމުޒް ކަނޑުއޮޅި ހުރަސްކުރަން މަސައްކަތް ކުރި އާގު ބޯޓަކަށް ވަނީ އީރާނުން މިސައިލް ޙަމަލާއެއް އަމާޒުވެ ގެއްލުންތަކެއް ލިބިފައެވެ. ޤަޠަރުގެ ތެޔޮ އުފައްދާ މަރުކަޒުތަކަށް އީރާނުގެ ޙަމަލާތައް އަމާޒުވަމުން ދާތީ އެ ޤައުމުން ވެސް ވަނީ ގޭސް ދިޔާކުރުން ވަގުތީ ގޮތުން ހުއްޓާލައިފައެވެ. މީގެ ކުރިން އެ މަސައްކަތް ކުރަމުން ދިޔަ ގޮތަށް އަލުން ރުޖޫޢަވުމަށް މަދުވެގެން އެއް މަސް ނަގާނެ ކަމަށް ޤަޠަރުގެ ބައެއް މަސްދަރުތަކުން ބުނެއެވެ.
ޢިރާޤުން ވެސް ވަނީ އެ ޤައުމުގައި އުފައްދާ ތެޔޮ ބޭރު ކުރުމަށް ހުރަސް އެޅިފައިވާތީ ތެޔޮ އުފެއްދުން މި ވަގުތަށް މަޑުޖައްަސާލައިފައެވެ. ސަޢުދީ ޢަރަބިއްޔާއާއި އެކުވެރި ޢަރަބި އިމާރާތާއި ކުވައިތުން ވެސް ދަނީ އެ ޤައުމުތަކުގައި އުފައްދާ ތެޔޮ، ޓޭންކަރު ތަކަށް ބަރާ ނުކުރެވޭތީ ދަތިތަކާ ކުރިމަތިލަމުންނެވެ.
ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނަށް ޙަމަލާ ދިނުމާއެކު ތެލުގެ އަގުތަކަށް ބޮޑެތި ބަދަލުތައް ވަނީ އަންނަން ފަށައިފައެވެ. މި ވަގުތު ތެލުގެ އަގުތައް ހުރީ ހަނގުރާމަ ފެށުމުގެ ކުރީގެ އަގުތަކަށް ވުރެ 12 އިންސައްތަ މަތީގައެވެ. މި އަހަރުގެ ދެވަނަ ކުއާޓާގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަަގު 10 ޑޮލަރުން 76 ޑޮލަރަށް އުފުލޭނެ ކަމަށް މިހާރު ވަނީ އަންދާޒާކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
